މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ޔޫތް ޑިވެލޮޕްމަންޓް

މަޤާމް:

ޑިރެކްޓަރ ޖެނެރަލް، ޔޫތް ޑިވެލޮޕްމަންޓް

މަޤާމުގެ ނަންބަރު:

J-447988

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ  

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 10 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް / މާލެ

ޑިޕާޓްމަންޓް:

ޔޫތު އެމްޕަވަރމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

މަހަކު 17,455.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު 9,995.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް 270.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. މި މަގާމަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަގާމުތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، މި މަގާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޒުވާނުންގެ ތަރައްޤީގެ ސިޔާސަތުތަކުގެ ދަށުން ސްޓްރެޓެޖިކް ޕްލޭންތަކާއި އެކްޝަން ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުން.
  2. ޒުވާނުންނާ ގުޅުންހުރި ހުރިހާ ދާއިރާއަކުން ޕްރޮގްރާމްތައް ރޭވުމާއި، ހިންގުމާއި، އިވެލުއޭޓްކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  3. ޔޫތު ޑިވެލޮޕްމަންޓް ސެކްޝަން، ޔޫތު ހެލްތު އެންޑް ވެލްބީން ސެކްޝަން، އަދި ނޭޝަނަލް އެޕްރެންޓިސްޝިޕް އެންޑް ޓެކްނޮލޮޖީ ސެންޓަރުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ކޯޑިނޭޓްކުރުން.
  4. ދިވެހި ޒުވާނުންނަކީ ޒިންމާދާރު އަދި އިޖުތިމާޢީ ގޮތުން ހޭލުންތެރި ފަރުދުންގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން އެކުލަވާލާ ސިޔާސަތުތައް ތަންފީޒުކުރުން.
  5. ޒުވާނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދައިދިނުމަށްޓަކައި، ކައުންސެލިންގ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދީ ބެލެހެއްޓުން.
  6. ދިރިއުޅުމުގެ ހުނަރުތަކާއި، ސްޓްރެސް މެނޭޖްކުރުމުގެ އިތުރުން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމަށް މުޅި ރާއްޖޭގައި ހިންގޭ ނަފްސާނީ ސިއްހަތުގެ ޕްރޮގްރާމްތައް ވިލަރެސްކޮށް، އެ މަސައްކަތްތައް ހިންގުމުގެ އެންމެހައި ކަންކަން އިސްވެ ބެލެހެއްޓުން.
  7. މިނިސްޓްރީން ފޯރުކޮށްދޭ ކައުންސެލިންގ، ސައިކޮލޮޖިކަލް އެސެސްމަންޓް އަދި އެކި ބާވަތުގެ އިންޓަވެންޝަންތަކުގެ ފެންވަރު ހިފެހެއްޓުމާއި، އެ މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ އަޚްލާޤީ މިންގަނޑުތަކާ އެއްގޮތަށްތޯ މޮނިޓަރކޮށް ކަށަވަރުކުރުން.
  8. ކައުންސެލިންގ އަދި ސައިކޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ހުނަރު ތަރައްގީކުރުމަށް ބޭނުންވާ ތަމްރީނާއި، ސުޕަވިޝަން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް ފަހިކޮށްދިނުން.
  9. ސިޔާސަތުތައް އެކުލަވައިލުމަށާއި މޮނިޓަރިންގ މަސައްކަތްތަކަށް ބޭނުންވާ ނަފްސާނީ ސިއްހަތުގެ ރެކޯޑުތަކާއި ތަފާސްހިސާބުތައް، އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓުމާއި ރިޕޯޓްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ކުރިއަށްގެންދާކަން ކަށަވަރުކުރުން.
  10. ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް  ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ކަމާގުޅުންހުރި އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  11. ޒުވާނުން ބިނާކުރުމާއި، ކައުންސެލިންގ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ އެކިއެކި ފޯރަމްތަކުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ، ފުރިހަމައަށް ތަމްސީލުކުރުން.
  12. ޒުވާނުންގެ ކުރިއެރުމާއި، ކައުންސެލިންގ އަދި ފަންނީ ތަމްރީނުގެ ދާއިރާތަކުން ދިރާސާކުރުމާއި، އައު އީޖާދުތައް ތަޢާރަފުކުރުމުގެ އިތުރުން، ހޯދުންތަކުގެ އަލީގައި އެކުލަވައިލެވޭ ހަރުދަނާ ނިޒާމުތައް މެދުވެރިކޮށް ޚިދުމަތްތައް ކުރިއެރުވުން.
  13. ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫއުތަކާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ ނަތީޖާ ވަޒަންކުރުމާއެކު، އެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ހަރުދަނާކުރަންޖެހޭ ދާއިރާތައް ދެނެގަތުން 
  14. ޒުވާނުންނަށް ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކަށް އެފަރާތްތަކުގެ ޝައުޤުވެރިކަން އިތުރުކުރުމާއި، ވަޒީފާއާ ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައި، އެ މަސައްކަތްތައް ހަރުދަނާކޮށް ބެލެހެއްޓުން.
  15. މިނިސްޓްރީގެ މެންޑޭޓާއި ޒުވާނުންގެ ޤައުމީ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންކަން ބައްޓަންކުރެވިފައިވާކަން ކަށަވަރުކުރުން.
  16. އިސް މުވައްޒަފުންނާއި ސެކްޝަންތަކުގެ ވެރިންނަށް ބޭނުންވާ އިރުޝާދު ދިނުމާއި، މަސައްކަތްތައް ސުޕަވައިޒްކޮށް، ހުނަރުވެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުން؛ އަދި އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތުގެ އަޚުލާޤީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުން.
  17. މިނިސްޓްރީއަކީ ޒުވާނުންނާ ގާތް ގުޅުމެއް ބާއްވާ، އެކުވެރި މާހައުލެއް އޮތް ތަނަކަށް ހެދުމާއެކު، ހިންގޭ ހުރިހާ މަޝްރޫޢުތަކަކީވެސް ޒުވާނުންގެ ހުނަރު ތަރައްޤީވެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެގޮތަށް ކަންކަން ރޭވިފައިވާ ތަނެއްކަން ކަށަވަރުކުރުން.
  18. ޒުވާނުންނަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމަށާއި، އުފެއްދުންތެރި މަސައްކަތްތަކުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މިނިސްޓްރީން ހިންގާ ހަރަކާތްތައް ފުޅާކޮށް ހަރުދަނާކުރުން.
  19. ސްކޫލް ތަޢުލީމު ނިންމާ ކުދިންނާއި، ކުރިއަށްދާނެ ސާފު މަގެއް ކަނޑައެޅިފައިނުވާ ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި ބަޔަކަށް ހެދުމަށްޓަކައި، އެފަރާތްތައް މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވައި ބާރުވެރިކުރުވުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ؛

   2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ؛

 3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

  • ބިހޭވިއަރަލް ސައިންސް
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
  • ކޮމިއުނިޓީ ޑިވެލޮޕްމަންޓް އެންޑް ޔޫޓް ސްޓަޑީޒް
  • ކޮމިއުނިޓީ އެޑިޔުކޭޝަން
  • ކޮމިއުނިޓީ އޮގަނައިޒޭޝަން
  • ޑިވެލޮޕްމަންޓް ސްޓަޑީޒް
  • ސައިކޮލޮޖީ
  • ރޫރަލް ޑިވެލޮޕްމަންޓް
  • ސޯޝަލް ޕޮލިސީ
  • ސޯޝަލް ވޯރކް
  • ޔޫތް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް
  • ޔޫތް އެންޑް ކޮމިއުނިޓީ ލީޑަރޝިޕް
  • ޔޫތް އެންޑް ކޮމިއުނިޓީ ސްޓަޑީޒް
  • ޔޫތް އެންޑް ކޮމިއުނިޓީ ވަރކް
  • ޔޫތް ޑިވެލޮޕްމަންޓް
  • ޔޫތް ސްޓަޑީޒް
  • ޔޫތް ވަރކް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޒުވާނުން ނުވަތަ މުޖްތަމަޢުގެ ތަރައްޤީއާގުޅޭ މަޝްރޫއުތަކާއި ޕްރޮގްރާމްތަކާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އެޕްރީލު 6 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު،ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނީ، 202އެޕްރީލް 09 އާއި 30 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ، މަޖީދީމަގު) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އަދި މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީގެ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000490 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

11 ޝައްވާލް 1447

30 މާރިޗު 2026
ހޯދާ