ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޭޖެންސީގެ ރަސްމީ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މި އޭޖެންސީއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޭޖެންސީގެ ރަސްމީ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް 30 މާރޗް 2026 ވާ ހޯމަ ދުވަހުން ފެށިގެން 07 އޭޕްރީލް 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަދި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ދިނުމުގެ ސެޝަން އާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ސެޝަން

01 އޭޕްރީލް 2026 (ބުދަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

އަންދާސީ ހިސާބު ހުށަހެޅުއްވުން

08 އޭޕްރީލް 2026 (ބުދަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

30 މާރިޗު 2026
ހޯދާ