ދިވެހިރާއްޖެ
ފ.ނިލަންދޫ އިންޖީނުގޭގައި ހުރި ބާ ޕެނަލްބޯޑު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ. މި ޕެނަލްބޯޑަކީ ގާތްގަނޑަކަށް 10 އަހަރުދުވަހު ބޭނުންކޮށްފައިވާ، މެއިންބްރޭކަރުގެ 02 ބްރޭކަރ މައްްސަލަޖެހިފައިހުރި ޕެނަލް ބޯޑެކެވެ. އެހެންނަމަވެސް، މިހާރުވެސް ބޭނުންކުރެވޭ ޕެނަލްބޯޑެކެވެ.
1. މިޕެނަލްބޯޑުގެ ނީލަން ފެށޭ އަގަކީ -/500,000 (ފަސްލައްކަ) ރުފިޔާއެވެ.
2. މި ނީލަމުގައި އެންމެ ކުޑަކޮށް އިތުރުކުރެވޭނެ އަދަދަކީ -/10،000 ރުފިޔާއެވެ.
ވީމާ ޕެނަލްބޯޑު ގަންނަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ސިޓީ ހުށަހަޅުއްވަމުން ގެންދަވާނީ 13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 31 ޑިސެންބަރު 2015 ވަނަ ދުވަހުގެ 12:00 އަށެވެ.
މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގައި މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. މި ޕެނަލްބޯޑު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި އަދި މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލް މެންބަރު މުޙަންމަދު ޚަލީލު (މޯބައިލް ނަންބަރު 7782420) އާ ގުޅުއްވުން އެދެމެވެ.
މި ނީލަމުގައި ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއް އަގެއް އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަން ނިމޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ފައިސާ ދައްކަވާ ނިންމެވުމުން ޕެނަލްބޯޑު ދޫކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
03 ރަބީޢުލްއައްވަލް 1437