ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2026/19(IUL)
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން މިރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ، ގާފަރު ޝޯރ ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ގާފަރަށް އަންނަ މުވައްޒަފުން ތިބުމަށްޓަކައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް އަދި ބަދިގެ އާއި ކާގެ ހިމެނޭގޮތަށް 3 މަސް ދުވަހުގެ މުއްދަތަށް ގެޔެއް ކުއްޔަށް ހިފުމަށް އެމް.ޓީ.ސީ.ސީ. ގެ ފަރާތުންވަނީ ހުށަހަޅުއްވާފައިވާތީ މިއިދާރާއިން ކޮށްފައިވާ ނަމްބަރު 331/331/2026/17(IUL) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައި ނުވާތި މިދެންނެވި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން 3 ކޮޓަރީގެ ގެޔެއް ކުއްޔަށް ދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 01 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 11:30 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
