ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މަސްނަގާ ބޯޓަކާއި އެބޯޓުގައިވާ އެންމެހައި ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން
                                މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަސްނަގާ ބޯޓެއް ކަމަށްވާ “kavindi Mirussa’’ ބޯޓާއި އެބޯޓުގައިވާ އެންމެހައި ތަކެތި ސިޓީލާ ނީލަމުގައި ވިއްކުމަށް ނިންމައިފީމެވެ.
ނީލަމާބެހޭ އިތުރު މަޢުލޫމާތު
- ބޯޓުގެ ބޮޑުމިން: (ދިގު 40 ފޫޓު ، ފުޅާ 11 ފޫޓު)
 - ބޯޓުގެ ނީލަން ފެށޭ އަގު: -/10000ރުފިޔާ (ދިހަހާސް ރުފިޔާ)
 - ނީލަން އަގު މަތި ކުރެވޭނެ އެންމެ ކުޑަ އަގު: -/2000ރުފިޔާ (ދެހާސް ރުފިޔާ)
 - ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހަކުވެސް 12:00 ގައެވެ. މިގޮތުން އެދުވަހެއްގައި ބޯޑަށް އަރުވައި، ފޮށި ހުޅުވާނީ، ނުވަތަ ސިޓީތައް ބަލައިގަނެވޭނީ، އެދުވަހުގެ 11:45ގެ ކުރިން ގެންނަ ސިޓީތަކެވެ. އޭގެ ފަހުން ފޮށްޓަށް ލައި ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެން އަންނަ ދުވަހުގެ 12:00 ގައެވެ.
 - ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވެނެއެވެ. (ދެދުވަހުގެ ގޮތުގައި ބެލެވޭނީ، ނޯޓިސްބޯޑަށް އަގު އަރުވާ ގަޑިން ފެށިގެން 48 ގަޑިއިރު ވުމުންނެވެ.)
 - ސިޓީލާ ނީލަމުގައިވާ އެއްޗެއްގެ ނީލަން ނިމިއްޖެނަމަ، އެކަން އެ ނީލަން ކާމިޔާބުކުރި ފަރާތަށް 24 ގަޑިއިރުގެ ތެރޭގައި އަންގާނެއެވެ.
 - އެއްފަރާތަށްވުރެ ގިނަ ފަރާތުން އެއްއަގެއް އެންމެމަތީ އަގެއްގެ ގޮތުގައި ހުށަހަޅާފައިވާނަމަ، އެދުވަހުގެ 12:00ގެ ކުރިން ފޯނުން އެފަރާތަކަށް އެންގޭނެއެވެ.
 - ނީލަމުން ބޯޓު ނަގާ ފަރާތުން ނީލަން ނިމޭތާ 3 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަންވާނެއެވެ. މިގޮތަށް ފައިސާ ދައްކާފައިނުވާނަމަ، އިންޒާރު ސިޓީއާއެކު އިތުރު 3 ދުވަހުގެ މުއްދަތެއް ފައިސާ ދެއްކުމަށް ނީލަން ކާމިޔާބުކުރި ފަރާތަކަށް ދެވޭނެއެވެ.
 
ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލްގެ ޒަރީޢާއިންވެސް އަގު ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މިއިދާރާގެ 6820020 ނުވަތަ 7974658 ނަންބަރު ފޯނާއެވެ.
6 ރަބީޢުލްއައްވަލް 1437
             17 ޑިސެންބަރު 2015
            
        
                    ހޯދާ  
                
                