|
ވަޒީފާގެ ފުރުޞަތު
|
|
ވަޒީފާގެ ދާއިރާ:
|
އއ.ފެރިދޫ އިންޖީނުގެ
|
|
މަޤާމް:
|
އިންޖީނު އޮޕަރޭޓަރ
|
|
ބޭނުންވާ ޢަދަދު:
|
02
|
|
މުސާރަ:
|
-/8,000ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 03 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- ގްރޭޑް 10 ނިންމާފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތަކާއި ފެން ޕްލާންޓް ހިންގައި، އިންޖީނުތަކާއި ފެން ޕްލާންޓްގެ އެހެނިހެން އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުސޫލުން ބެހެލެއްޓުން
- ޑިއުޓީ ލޮގުނަގައި، ޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ ޗެކުކޮށް ބެލެހެއްޓުން
- ފެން ޕްލާޓް ތަކުގެ ލޮގްނަގައި މެއިންޓެނަންސް މަސައްކަތް ކުރުން
- 'ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް' (އެސް.ޓީ.ޕީ)ގެ ސްޓޮކް ބެލެހެއްޓުން، ބޭސް ސްކްރީން ފިލްޓަރ ސާފުކޮށް މެއިންޓެނަންސް މަސައްކަތް ކުރުން
- އިންޖީނުގެއާއި ފެންޕްލާންޓް ގޯތިތެރޭގައިވާ ހުރިހާ ތަނަކާއި އެތަންތާގައިވާ އެންމެހައި ތަކެތި ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން
- އިންޖީނުގޭގަ ކުރަންޖެހޭ އެންމެހައި މެކޭނިކަލް އަދި އިލެކްޓްރިކަލް ހުރިހާ މަސައްކަތެއްގައި ބައިވެރިވުން
- ޤަވާއިދުން ޕަމްޕް ސްޓޭޝަންތަކުން ރީޑިންގ ނެގުމާއި މޮނީޓަރ ކުރުން
- ޤަވާއިދުން ސްވަރޭޖް ޑާޓާ ކަލެކްޝަން ރިޕޯރޓް ތައްޔާރުކުރުން
- ރަށުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމާއި ގުޅުންހުރި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކުރުން
- ކަރަންޓާއި ފެނާއި ނަރުދަމާގެ ކޮންޒިއުމަރ ބެލެހެއްޓުމާއި ނިއު ކަނެކްޝަން ސާރވޭކޮށް ގުޅައިދިނުން
- ކޮންމެ ދުވަހެއްގެ ފަހު ޝިފްޓް ޑިއުޓީގައި ހުރިހާ ތެޔޮ ތާނގިތަކެއްގެ ސައުންޑިންގ ޗެކްކޮށް، ފެން ތާނގިތަކުގެ ގޭޖް ސައުންޑިންގ ޗެކްކޮށް، ޑީސަލާއި އަޑީތެލުގެ ބާކީގެ ހުރިހާ ހިސާބެއް ނިންމުން
- ފައިސާ ނުދައްކަވާ ފަރާތްތަކަށް ފޮނުވަންޖެހޭ ޑިސްކަނެކްޝަން ނޯޓް ހަވާލުކުރުން
- ކަރަންޓާއި ފެނުގެ ރީޑިންގ ނެގުމާއި ބިލް ހަވާލްކުރުން
|
|
މަޤާމް:
|
ސަޕޯޓް އެސިސްޓެންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
-/8,000ރ އާއި -/10,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ގްރޭޑް 7 ގެ ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުން އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
ނުވަތަ؛
- މަސައްކަތާއި ގުޅޭ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އޮފީސް އިމާރާތް ކުނި ކަހާ ފޮޅާ ސާފުކުރުމާއި ކުނިއުކާލުން.
- ހެޑް އޮފީހުން އިންޖީނުގެއަށް ފޮނުވާ ލިޔެކިއުންތަކާއި ތަކެތި ފެރީ އިން ނެގުމާއި އިންޖީނުގެ އިން ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި ތަކެތި ފެރީއަށް ލުން.
- އިންޖީނުގޭގެ އޮފީސް އިމާރާތުގެ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.
|
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,000ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އަދި މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ ފަރާތެއް ކަމުގައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ބިލްތަކަށް ފައިސާބަލައިގަތުން
- ކުންފުނިން ހަމަޖައްސާފައިވާ ގޮތުގެމަތިން ބޭންކަށް ފައިސާ ޖަމާކުރުމާއި، ތަފްޞީލް އަދި އެއާގުޅޭ ލިޔުންތަށް ޤަވާއިދުން ފޮނުވުން
- ޕެޓީކޭޝް ފައިސާ ބެލެހެއްޓުން
- އިންޖީނުގޭގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް
- ކަރަންޓް ރިޕޯޓްތައް ތައްޔާރުކުރުން
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
01 އޭޕްރިލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އއ.ފެރިދޫ އިންޖީނުގެ އަށް 01 އޭޕްރިލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
|
11 ޝައްވާލް 1447
30 މާރިޗު 2025
|