|
ވަޒީފާގެ ފުރުޞަތު
|
|
ވަޒީފާގެ ދާއިރާ:
|
އއ. ތޮއްޑޫ އިންޖީނުގެ
|
|
މަޤާމް:
|
ސްޓޭޝަން ސުޕަވައިޒަރ
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/9,000ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން އެޑްވާންސްޑް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުން
ނުވަތަ؛
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތް ހަމަޖެހިފައިވާ ގޮތުގެމަތީންރޭވުމާއި، ސުޕަވައިޒްކޮށް ބެލެހެއްޓުން
- މުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ހިންގުމާއި، މުވައްޒަފުންގެ ރެކޯރޑްސް ބެލެހެއްޓުން
- ބިލްތަކަށް ފައިސާބަލައިގަތުން ކަންކަން ބަލާ މޮނިޓަރ ކުރުން
- ކުންފުނިން ހަމަޖައްސާފައިވާ ގޮތުގެމަތިން ބޭންކަށް ފައިސާ ޖަމާކުރުމާއި އަދި އެއާގުޅޭ ލިޔުންތަށް ޤަވާއިދުން ބަލަހައްޓައި ސުޕަވައިޒްކުރުން
- ޕެޓީކޭޝް ފައިސާ ރެކޯޑްސް ބަލަހައްޓައި ސުޕަވައިޒްކުރުން
- ކަރަންޓުލުމަށް އެދޭތަންތަން ސާރވޭކޮށް ލިސްޓް ނެގުމާއި، މަގުކޮންނަ ތަންތަން ބެލެހެއްޓުމާއި، ކަރަންޓް ގުޅައިދިނުމާއި، މީޓަރ ޓެސްޓްކުރުމާއި، މީޓަރބޯޑް ބަދަލުކުރުމާއި، މީޓަރ ބަދަލުކުރުމާއި، ވަޔަރު ޓެސްޓްކުރުމާއި، ކަރަންޓް ކެނޑުމާއި، އަދި މިނޫނަސް އިލެކްޓްރިކަލް ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރާވާ ހިންގާ އެ މަސައްކަތްތަކުގައި ބައިވެރިވުން.
- ތަނަކުން ކަރަންޓް ނެތިގެން އަންގައިފިނަމަ ހަމަޖެހިފައިވާ ގޮތެއްގެމަތިން އެކަމެއް ޙައްލުކުރުން. އަދި ދޭތެރެ ދޭތެރެއިން ކޮންމެވެސް އެއް މުވައްޒަފަކު ގޯތިތެރެއަށް ނިކުމެ ގޯތިތެރެ ބަލަހައްޓުމުން ގެންދާކަން ކަށަވަރުކުރުން.
- އިންޖީނުތައް ހިންގުމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ ތެލާއި އެހެނިހެންތަކެތި ބޭނުންވާ މިންވަރަށް ހުރިކަން ބަލާ ކަށަވަރުކުރުން.
- އިންޖީނުތަކަށް ބޭނުންވާ ޑީސެލް، އަޑީތެޔޮ، ސްޕެއަރ ޕާރޓްސް، ޓޫލްސް އަދި ތަނަށްބޭނުންވާ އެހެނިހެންމުދާ ބޭނުންވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތުގެމަތިން ހޯދައި ބެލެހެއްޓުމާއި، ހޭދަ ކުރުމުގެ ކަންތައް ޤަވާއިދުން ހިންގުން.
- އިންޖީނުތަކާއި ޕެނަލްތަކަށް ދިމާވާ މައްސަލަތައްބަލާ ޙައްލުކުރުމުގެ ގޮތުން މަސައްކަތްކޮށް، އިންޖީނުތަކާއި ޕެނަލްތަކުގައި ހިމެނޭ އެންމެހާ ތަކެއްޗެއް، އާލާތްތައް ސާރވިސްކުރުމާއި މެއިންޓެއިންކޮށް ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
- ޑިއުޓީގައި ލޮގުނަގާ ޝީޓްތައް ފުރިހަމަކޮށް ލޯޑްގްރާފްކުރަހާ ރެކޯރޑްތައް ފުރިހަމަކޮށްފައިވާކަން ބަލާ ކަށަވަރުކުރުން.
- ދުވަހުން ދުވަހަށް އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި، އަދި ޑިއުޓީގައި އާދަޔާޚިލާފްކަމެއް ދިމާވެފައިވާނަމަ އިސްކޮށް ހުންނަ ފަރާތަށް އެކަން އަންގާ ޙަވާލުވާ ޝިފްޓަށް އެކަމެއް އޮޅުންފިލުވައިދިނުން.
|
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,000ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އަދި މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ ފަރާތެއް ކަމުގައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ބިލްތަކަށް ފައިސާބަލައިގަތުން
- ކުންފުނިން ހަމަޖައްސާފައިވާ ގޮތުގެމަތިން ބޭންކަށް ފައިސާ ޖަމާކުރުމާއި، ތަފްޞީލް އަދި އެއާގުޅޭ ލިޔުންތަށް ޤަވާއިދުން ފޮނުވުން
- ޕެޓީކޭޝް ފައިސާ ބެލެހެއްޓުން
- އިންޖީނުގޭގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް
- ކަރަންޓް ރިޕޯޓްތައް ތައްޔާރުކުރުން
|
|
މަޤާމް:
|
އިންޖީނު އޮޕަރޭޓަރ
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,000ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 03 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ގްރޭޑް 10 ނިންމާފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތަކާއި ފެން ޕްލާންޓް ހިންގައި، އިންޖީނުތަކާއި ފެން ޕްލާންޓްގެ އެހެނިހެން އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުސޫލުން ބެހެލެއްޓުން
- ޑިއުޓީ ލޮގުނަގައި، ޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ ޗެކުކޮށް ބެލެހެއްޓުން
- ފެން ޕްލާޓް ތަކުގެ ލޮގްނަގައި މެއިންޓެނަންސް މަސައްކަތް ކުރުން
- 'ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް' (އެސް.ޓީ.ޕީ)ގެ ސްޓޮކް ބެލެހެއްޓުން، ބޭސް ސްކްރީން ފިލްޓަރ ސާފުކޮށް މެއިންޓެނަންސް މަސައްކަތް ކުރުން
- އިންޖީނުގެއާއި ފެންޕްލާންޓް ގޯތިތެރޭގައިވާ ހުރިހާ ތަނަކާއި އެތަންތާގައިވާ އެންމެހައި ތަކެތި ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން
- އިންޖީނުގޭގަ ކުރަންޖެހޭ އެންމެހައި މެކޭނިކަލް އަދި އިލެކްޓްރިކަލް ހުރިހާ މަސައްކަތެއްގައި ބައިވެރިވުން
- ޤަވާއިދުން ޕަމްޕް ސްޓޭޝަންތަކުން ރީޑިންގ ނެގުމާއި މޮނީޓަރ ކުރުން
- ޤަވާއިދުން ސްވަރޭޖް ޑާޓާ ކަލެކްޝަން ރިޕޯރޓް ތައްޔާރުކުރުން
- ރަށުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމާއި ގުޅުންހުރި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކުރުން
- ކަރަންޓާއި ފެނާއި ނަރުދަމާގެ ކޮންޒިއުމަރ ބެލެހެއްޓުމާއި ނިއު ކަނެކްޝަން ސާރވޭކޮށް ގުޅައިދިނުން
- ކޮންމެ ދުވަހެއްގެ ފަހު ޝިފްޓް ޑިއުޓީގައި ހުރިހާ ތެޔޮ ތާނގިތަކެއްގެ ސައުންޑިންގ ޗެކްކޮށް، ފެން ތާނގިތަކުގެ ގޭޖް ސައުންޑިންގ ޗެކްކޮށް، ޑީސަލާއި އަޑީތެލުގެ ބާކީގެ ހުރިހާ ހިސާބެއް ނިންމުން
- ފައިސާ ނުދައްކަވާ ފަރާތްތަކަށް ފޮނުވަންޖެހޭ ޑިސްކަނެކްޝަން ނޯޓް ހަވާލުކުރުން
- ކަރަންޓާއި ފެނުގެ ރީޑިންގ ނެގުމާއި ބިލް ހަވާލްކުރުން
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
01 އެޕްރީލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އއ. ތޮއްޑޫ އިންޖީނުގެ އަށް 01 އެޕްރީލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.comގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
|
11 ޝައްވާލް 1447
30 މާރިޗު 2026
|