ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ އެންމެހާ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ އެންމެހާ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު (IUL)249-M/249/2026/11 އިއުލާނާއި ގުޅިގެން ރެޖިސްޓްރި ވުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވާތީ މި އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.
ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ އެންމެހާ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
|
ރަޖިސްޓްރީ ކުރުން |
30 މާރިޗު 2026 ހެނދުނު 09:00 އިން 09 އޭޕްރިލް 2026 12:00 އަށް ރަސްމީ ދުވަސްތަކުގައި ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ މެއިލް [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
12 އޭޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
21 އޭޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
2- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]
29 މާރިޗު 2026
