ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން (03 ފެބްރުއަރީ 2026) ކުރި ނަންބަރު (IUL)420-PM/420/2026/4 އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަމްބަރު19/2014 ) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވިމާ މި ކައުންސިލުން ދޭ ކުރެހުމާއި މަސައްކަތުގެ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ބީލަން ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މިބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އަދި މަސައްކަތުގެ ކުރެހުންތައް ރަޖިސްރީކޮށް އަދި ފައިސާ ދައްކާފައިވާ ފަރާތަކަށް އިމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެވާހަކަ ދެންނެވީމޭއެވެ.
ސުންގަނޑިތައް
|
ބިޑު ރަޖިސްޓްރޭޝަން |
|
|
ފައިސާ ދެއްކުން |
ބޭންކް: ބޭންކް އޮފް މޯލްޑިވްސް ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1 އެކައުންޓް ނަންބަރ: 001 700301 7710 ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: 7633734 / 7430889 (ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން އަދި މަސައްކަތުގެ ނަން ލިޔެވިފައި އިންނަންވާނެ) |
|
މަޢުލޫމާތު ސާފުކުރުން |
|
|
ބީލަން ހުޅުވުން |
|
