ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި އިދާރާގެ ނަންބަރު (IUL)400/INDIV/2015/58 އިއުލާނާ ގުޅިގެން، ޝަރުޠު ހަމަވާ ފަރާތަކުން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ތިރީގައި މިވާ ސުޕެސިފިކޭޝަނަށްވުރެ ދަށް ނުވާގޮތަށް، މި އިދާރާއަށް 09 ލެޕްޓޮޕް ވިއްކައި، މި އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.
Minimum Requirement:
Processor |
Intel Core i5-5200U Dual-Core 5th-Gen Broad well Processor Speed: 2.2GHz |
Memory |
DDR3 4GB Ram |
Hard Disk |
500 GB |
Screen Size |
15.6'' |
USB |
3.0 x 2 |
Ethernet |
1 Port 10/100 Mbps |
Wifi |
802.11ac |
Flash Media Slot |
SD, SDHC, Memory Stick Pro |
Bluetooth |
4.00 |
Keyboard |
Stander Keyboard with international language support |
CD-RW/DVD-RW |
Yes |
OS |
Windows 8.1 (64bit) Genuine |
އަންދާސީހިސާބު ހުށަހެޅުން:
- އަންދާސީހިސާބު ހުށަހަޅަންޖެހެނީ މި އިދާރާއިން ދޫކުރާ ފޯމުންނެވެ. މި އިދާރާއިން ފޯމު ލިބެންހުންނާނެވެ. އަދި މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް މި ފޯމު ފޯރުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި، އަންދާސީހިސާބާއެކު ހުށަހަޅަން ޖެހޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅަން ޖެހޭނީ، ހުރިހާ ޓެކުސްއަކާއެކު 09 ލެޕްޓޮޕްގެ ޖުމުލަ އަގު އެނގޭގޮތަށް ދިވެހި ރުފިޔާއިންނެވެ.
- ވޮރަންޓީ ދިނުމަށް ހުށަހަޅާ މުއްދަތު ޖަހަންޖެހޭނީ މަހުން ނުވަތަ އަހަރުންނެވެ.
- ޑެލިވަރީ ކޮށްދިނުމަށް ހުށަހަޅާ މުއްދަތު ޖަހަންޖެހޭނީ ދުވަހުންނެވެ. ޑެލިވަރީކޮށްދޭންޖެހޭނީ މި އިދާރާއަށެވެ. ޑެލިވަރީ ކުރުމަށް ހިންގާ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ، އަންދާސީހިސާބު ހުށަހަޅާ ފަރާތުންނެވެ.
- މިފަދަ މަސައްކަތެއް މީގެ ކުރިން ކޮށްފައިވާ ފަރާތެއްނަމަ މިކަން އެނގޭނެ ރަސްމީ ލިޔުން، އަންދާސީހިސާބާއެކު ހުށަހަޅަން ޖެހޭނެއެވެ.
- މަތީގައިވާ ސްޕެސިފިކޭޝަނަށްވުރެ ދަށްކޮށް ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅުމަށް މި އިދާރާއަށް ހާޒިރުނުވެވޭ ފަރާތްތަކުން، ބަދަލުގައި ފޮނުވާ ފަރާތެއްކަން އެނގޭ ފަދަ ލިޔުމަކާއި، ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ނުވަތަ އަސްލު ގެންނަންވާނެއެވެ.
- އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާނީ 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށެވެ.
- އަންދާސީހިސާބުތައް ހުޅުވޭނީ ހުރިހާ ފަރާތެއްގެ ހާޒިރުގައެވެ.
- އަންދާސީހިސާބުތައް ބަލައި އިވެލުއޭޓް ކުރާނީ ހައްދުންމަތީ މާވަށު ކައުންސިލުގެ އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީންނެވެ. ރަސްމީ 10 ދުވަހުގެ ތެރޭގައި އަންދާސީހިސާބުތައް ބަލައި ޕޮއިންޓް ދީ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކޮމެޓީން ކަނޑައަޅަން ވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް ޕޮއިންޓް ދެވޭގޮތުގެ ތަފުސީލު:
- ހުށަހަޅާ އަގަށް ދެވޭނީ 75 ޕޮއިންޓް (މާކުސް ދެވޭނީ ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓުވެފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. (ހުށަހެޅި އެންމެ ކުޑަ އަގު / ހުށަހެޅި އަގު X 75 ) މިގޮތުން އެންމެ ގިނަ މާކްސް ދެވޭނީ އެންމެ ކުޑަ އަގަކަށެވެ.
- ވޮރަންޓީއަށް ދެވޭނީ 10 ފޮއިންޓް (މާކުސް ދެވޭނީ ވޮރަންޓީ އަށް ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓުވެފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. ( ހުށަހެޅި މުއްދަތު / ހުށަހެޅި އެންމެ ދިގު މުއްދަތު X 10 ) މިގޮތުން އެންމެ ގިނަ މާކްސް ދެވޭނީ އެންމެ ދިގު މުއްދަތަކަށެވެ.
- ސަޕްލައިކޮށްދިނުމަށް ހުށަހަޅާ މުއްދަތަށް ދެވޭނީ 10 ޕޮއިންޓް ( މާކުސް ދެވޭނީ ތަކެތި ސަޕްލައި ކޮށްދިނުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓުވެފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. (ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު X 10 ) މިގޮތުން އެންމެ ގިނަ މާކްސް ދެވޭނީ އެންމެ ކުރު މުއްދަތަކަށެވެ.
- ތަޖުރިބާއަށް ދެވޭނީ 5 ޕޮއިންޓް ( ތަޖުރިބާ ކަމުގައި ގަބޫލުކުރާނީ މިބާވަތުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް (ސަރުކާރުގެ މަސައްކަތް ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކުގެ މަސައްކަތް ފަދަ މަސައްކަތް) ހުށަހަޅާފައި ވާނަމައެވެ. އަދި މި ލިޔުމުގައި މަސައްކަތް ކުރުވި ފަރާތުގެ ސޮއި/ ތައްގަނޑު ޖަހާފައި އޮންނަން ޖެހޭނެއެވެ. (މާކުސް ދެވޭނީ އެންމެ ގިނަ މަސައްކަތް ކޮށްފައިވާ ފަރާތަކީ ބެންޗްމާކު ކަމުގައި ބަލައިގެން، ކުރައިޓީރިއާއަށް އެލޮކޭޓުވެފައިވާ % ހުށަހަޅާ އަދަދުތަކުގެ މެދުގައި ބަހާލައިގެންނެވެ. (މަސައްކަތް ކޮށްފައިވާ އަދަދު / އެންމެ ގިނައިން މަސައްކަތް ކުރި އަދަދު X 5 ) މިގޮތުން އެންމެ ގިނަ މާކްސް ދެވޭނީ، މި ބާވަތުގެ މަސައްކަތް އެންމެ ގިނައިން ކޮށްފައިވާ ފަރާތަކަށެވެ.
ނޯޓް: އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6800718 / 7884455 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.