ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު-އެސިސްޓެންޓް ކޯޓު އެޑްމިނިސްޓްރޭޝަން އޮފިސަރ

`

 ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު

ހދ.ނޮޅިވަރަން، ދިވެހިރާއްޖެ.

                                      ނަންބަރު: 525-A/2026/12

އިޢުލާނު

މަޤާމު:

އެސިސްޓެންޓް ކޯޓު އެޑްމިނިސްޓްރޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 4

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޓު އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު

މުސާރަ:

 -/10,080 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަޤާމުގެ އެލަވަންސް: -/3,205 ރުފިޔާ
  • ޙާޟިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/110 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކޯޓު ހުޅުވުން ކޮންފިގަރކުރައްވައި، ގަވައިދުން ކަނޑައަޅާފައިވާ ވަގުތަށް ކޯޓު ހުޅުވާ ލެއްޕުމާއި އިތުރުގަޑީގައި މަސައްކަތްކުރުމަށް މެޖިސްޓްރޭޓް ނުވަތަ ކޯޓު އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްގެ މަތިން ކޯޓު ހުޅުވާ ލެއްޕުން.

2-      ކޯޓަށް ހުށަހެޅޭ ލިޔުންތަކާއި ތަކެތި ބަލައިގަނެ އެންޓްރީ ކުރުމާއި ފޯންކޯލްތަކަށް ޖަވާބުދާރީވުން.

3-      ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތްކުރުމާއި ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

4-      ފައިލްކުރަންޖެހޭ ލިޔުންތައް ގަވައިދުން ފައިލްކުރުމާއި އިތުރަށް ތައްޔާރުކުރަންޖެހޭ ފައިލްތައް ތައްޔާރުކޮށް ޤަޟިއްޔާތަކާ ގުޅޭ ފައިލް ހިމެނޭހެން ފައިލިން ސިސްޓަމް ގަވާއިދުން ރަނގަޅަށް ބެލެހެއްޓުން.

5-      ކޯޓަށް ހުށަހެޅޭ ފޯމުތަކުގެ ތެރެއިން ފައިސާ ދައްކަންޖެހޭ ފޯމުތައް ފައިނޭންސް އެޕަށް އެންޓަރ ކުރުމާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް "ފައިސާ ދެއްކުމަށް ދަންނަވާ" ސްލިޕް ހަވާލުކުރުމާއި ކޯޓުން ނިންމާ ފައިސާބެހޭ މައްސަލަތައް ދުވަހުން ދުވަހަށް ފައިނޭންސް އެޕަށް އެންޓަރކުރުން. އަދި ކޯޓަށް އެކިގޮތްގޮތުން ލިބޭ ފައިސާ ބަލައިގަނެ ރަސީދު ދޫކުރުމާއި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ގަވާއިދުން ފައިސާ ހަވާލުކުރުމާއި ހަވާލު ކުރެވެންނެތް ފައިސާއެއްނަމަ ގަވާއިދުން ތިޖޫރިއަށް ވައްދާ ތިޖޫރިބާކީ ބެލެހެއްޓުން.

6-      ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ކޯޓަށް ފޮނުވާ ރިކުރެސްޓްތައް ދުވަހުން ދުވަހަށް ޗެކްކޮށް ވެރިފައިކުރުމާއި އަދި ކޯޓަށް ލިބޭ ލިޔުން ތަކުގެ ތެރެއިން ޖަވާބުދޭންޖެހޭ ފައިސާއިބެހޭ އެންމެހައި ލިޔުންތައް ކޯޓު އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްގެ މަތީން ޖަވާބުލިޔެ ފޮނުވުމާއި ފައިސާއާބެހޭ ހިސާބުތައް ދުވަހުން ދުވަހަށް ގަވައިދުން ބެލެހެއްޓުމާއި، ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި ފައިނޭންސް އެޕުން ކުރަންޖެހޭ ފައިސާއާ ގުޅޭ އެންމެހައި މަސައްކަތްކުރުން.

7-      ކޯޓުގެ އިންވެންޓްރީ ނުވަތަ ހަރުމުދަލުގެ ރަޖިސްޓްރީ އަށް އަރުވަންޖެހޭ ތަކެތި ގަވައިދުން އަރުވައި ރަޖިސްޓްރީގައި ލިޔަންޖެހޭ އެންމެހައި މަޢުލޫމާތުތައް ލިޔެ ހަރުމުދަލުގެ ރަޖިސްޓްރީގެ ނަންބަރު ތަކެތީގައި ހަރުކުރުމާއި ހަލާކުވެގެން ނައްތާލަންޖެހޭ ތަކެއްޗާއި ބާވެގެން ނައްތާލަންޖެހޭ ތަކެތި ނީލަން ޕޯޓަލްއަށް ގަވާއިދުން އެރުވުމާއި، ހަރުމުދަލުގެ ރަޖިސްޓްރީ ނަންބަރު ތަކެތީގައި ހަރުކުރުމާއި ހަލާކުވެގެން ނަންތާލަންޖެހޭ ތަކެއްޗާއި ބާވެގެން ނީލަންކިޔާ ތަކެތި ރަޖިސްޓްރީން އުނިކޮށް ގަވާއިދުން ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.

8-      ކޮންމެ މީލާދީ މަހެއް ނިމުމުން އެމަހަކު ހަދަންޖެހޭ ފައިސާގެ ރިޕޯޓުތައް ވީއެންމެ އަވަހަކަށް ހަދާ ނިންމުމާއި، ކޮންމެ މަހަކު އެއްފަހު ފޮނުވަންޖެހޭ މުސާރަ ޝީޓް ފޮނުވަން ކަނޑައެޅިފައިވާ ދުވަހަށް ފޮނުވުން.

9-      ކޯޓުގެ ބޭނުމަށް ހޯދާ ތަކެތި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދުމާއި، ސްޓޮކަށް ވައްދަންޖެހޭ ތަކެތި ދުވަހުން ދުވަހަށް އަރުވައި އަދި އުނިކުރަންޖެހޭ ތަކެތި ނުވަތަ ބޭނުންކުރުމަށް ސްޓޮކުން ނަގާ ތަކެތި ސްޓޮކު ބާކީން އުނިކޮށް ސްޓޮކް ބާކީ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި، އަދި ސްޓޮކްގައި ބާކީހުރި ތަކެތި ގަވާއިދުން ބެލެހެއްޓުން.

10-  ހޮވައިގެން ގެނެވޭ ތަކެއްޗާއި ފައިސާ ބަލައިގަނެ ހޮވާތަކެތީގެ ރެކޯޑްފޮތަށް އަރުވައި ވެރިއަކުވޭތޯ އިޢުލާންކޮށް ވެރިއަކު ވަންދެން ޤަވާޢިދުން ބެލެހެއްޓުމާއި އަދި ވެރިއަކު ނުވާ ތަކެއްޗާއި ފައިސާއާމެދު ހަމަޖެހިފައިވާ ގަވައިދުން އަޅަންޖެހޭ ފިޔަވަޅުތައް މެޖިސްޓްރޭޓް / ކޯޓު އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެމަތިން އެޅުން.

11-  އެކިއެކި މައްސަލަތަކާ ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖްފަދަ ތަކެތި މެޖިސްޓްރޭޓް / ކޯޓު އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްގެމަތިން ލިޔެ ތައްޔާރުކޮށް ފޮނުވުން.

12-  ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރެވޭ މީހުންނާ ކޯޓުން ކުރަންޖެހޭ މުޢާމަލާތުކުރުން.

13-  ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޤަޟިއްޔާ ފައިލް ތައްޔާރުކުރުމާއި، މައްސަލަތަކުގެ އިދާރީ ފިޔަވަޅު އެޅުން.

14-  މެޖިސްޓްރޭޓްގެ އިރުޝާދާ އެއްގޮތަށް މައްސަލަތައް ކޭސް މެނޭޖްމަންޓް ސިސްޓަމުން ތާވަލުކުރުމާއި ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.

15-  ކޯޓަށް ހާޟިރުވުމުގެ އަމުރު ތައްޔާރުކޮށް، އަމުރު ރައްދުކުރުމަށްޓަކައި ހައުސްކީޕަރ ނުވަތަ ހައުސްކީޕަރ ނެތް ޙާލަތެއް ކޯޓުން ކަނޑައަޅުއްވާފައިވާ ފަރާތާ ޙަވާލުކޮށް އެ އަމުރުތައް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކޮށްފައިވޭތޯ ބެލުން.

16-  ކޯޓުން ޝަރުޢީ ގޮތުން ނަގާ އެންމެހައި ބަޔާންތަކާއި، ޝަރީޢަތްތައް ލިޔެ އޮންލައިން އަޑުއެހުންތަކުގެ ރެކޯޑް ބެލެހެއްޓުން.

17-  ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ގަވައިދުތަކާ ސުލޫކު ބަހައްޓަންވީގޮތް، ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ ފަރާތްތަކަށް ބުނެދިނުން.

18-  ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންނާއި ބަންދުންދޫކުރެވޭ މީހުންގެ ބަންދާގުޅޭ އަމުރުތަކާއި ލިޔެކިޔުން މެޖިސްޓްރޭޓުގެ ލަފާޔާ އިރުޝާދުގެ މަތިން ތައްޔާރުކުރުން.

19-  ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމް ފުރިހަމަކުރުން.

20-  ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓު ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ޙާޟިރުކޮށްފައިވާ ފަރާތްތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.

21-  ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަދި އިދާރީ ރިޕޯޓްތައް ތައްޔާރުކުރުމާއި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ރިޕޯޓްތައް ޙަވާލުކުރުން.

22-  ޤަޟިއްޔާ ރިޕޯޓްތައް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑްކުރުމާއި ކޭސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓްކުރުން.

23-  މުވައްޒަފުންގެ ސަލާމް ނޯޓުކުރުމާއި ކޯޓުގެ މުވައްޒަފުންގެ ޗުއްޓީ ހަމަޖެއްސުމަށްޓަކައި މެމްސް އިން އިދާރީ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމް ހަމަޖެއްސުމާއި ޗުއްޓީ ޗިޓާއި ކޯޓު ޙަވާލުކުރާ ޗިޓް ތައްޔާރުކުރުން. އަދި މުވައްޒަފަކު ވަކިވާ ޙާލަތްތަކުގައި ތައްޔާރުކުރައްވަންޖެހޭ ލިޔުންތަކާއި މުވައްޒަފުން ރެކްރޫޓްކުރުމުގައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ކޯޓު އެޑްމިނިސްޓްރޭޓަރގެ އިރުޝާދާއެއްގޮތަށް ފުރިހަމަކުރުން.

24-  ކޯޓުގައި ތިބި އެހެން މުވައްޒަފުންގެ ތެރެއިން މީހަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރެއްޖެނަމަ ނުވަތަ އެނޫންވެސް ގޮތަކުން ކޯޓަށް ޙާޟިރު ނުވެވޭގޮތް ދިމާވެއްޖެނަމަ އެމީހަކާ ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން އެވަގުތަކު ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ގަވައިދުން ކުރުން.

25-  މަތީގައި ބަޔާންކުރެވުނު މަސައްކަތްތަކުގެ އިތުރުންވެސް މެޖިސްޓްރޭޓް/ކޯޓު އެޑްމިނިސްޓްރޭޓަރ އަންގަވާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ފަރުވާތެރިކަމާއެކު ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1-      މަޤާމުގެ މަސައްކަތާ ގުޅުންގުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފައިނޭންސް.

 

ޕްރިފަރޑް ޑިސިޕްލިންތައް:

 

ބިޒްނަސް މެނޭޖްމަންޓް، ފައިނޭންޝަލް މެނޭޖްމަންޓް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

 

ހިއުމަން ރިސޯސް މެނޭޖްމަންޓް، ވަރކްފޯސް ޑިވެލޮޕްމަންޓް

ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ފައިނޭންޝަލް މެނޭޖްމަންޓް
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން

 

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް) ؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭ ގޮތަށް) ؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުންwww.dja.gov.mv  އަދި މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އެޕްރީލް 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓަށެވެ.

 ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 12 އެޕްރީލް 2026 ން 23 އެޕްރީލް 2026 އާ ދެމެދު، ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދައުލަތުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6528951 / 6521679 އަށެވެ.
  • އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މިކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

29 މާރިޗު 2026
ހޯދާ