ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގައި 2016 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު GS50/IUL/2015/11ފ(3 ޑިސެންބަރު 2015) އިޢުލާން ބާޠިލުކޮށް، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެއިޢުލާން ބާޠިލުކުރި ސަބަބަކީ އޭގައި ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ މުއްދަތުގެގޮތުގައި އޮތް "2016 ވަނަ އަހަރުގެ ޖަނަވަރީ 1 ން 31 ޑިސެންބަރު 2016 ގެ ނިޔަލަށް" މި މުއްދަތު 10 ފެބުރުވަރީ 2016 އިން 31 ޑިސެންބަރު 2016 އަށް ބަދަލުކުރުމަށް ސްކޫލުން ބޭނުންވާތީއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މައުލޫމާތު ސާފުކުރުން

އަންދާސިހިސާބު ހުށަހެޅުން

ތާރީޚު: 22 ޑިސެންބަރު 2015

ތާރީޚު: 28 ޑިސެންބަރު 2015

ގަޑި: ހެނދުނު 11:00

ގަޑި: ހެނދުނު 11:00

ތަން: ޝަމްސުއްދީން ސްކޫލް

ތަން: ޝަމްސުއްދީން ސްކޫލް

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ