ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ ރ.މ ރުއްގަނޑާއި ރ.ރ ރުއްގަނޑު ކުއްޔަށް ދޫކުރުމާގުޅޭ

 އިޢްލާން

ދ.މާއެނބޫދޫ ރ.މ. ރުއްގަނޑާއި ރ.ރ. ރުއްގަނޑު ކުއްޔަށް ދޫކުރުމާގުޅޭ

ދ.މާއެނބޫދޫ ރ.މ. ރުއްގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ ދެރުއްގަނޑާއި، ރ.ރ. ރުއްގަނޑު ވަކިވަކިން 3 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ އެ ރުއްގަނޑުތައް ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ދ.މާއެނބޫދޫ އަމީނީމަގުގެ އިރު އުތުރުން ފެށިގެން ޒިޔާރަތްމަގާ ދެމެދު ރ.މ ޖަހާފައިވާ ރުއްތަކަކީ އެއްރުއްގަނޑުގެ ގޮތުގައެވެ. އަނެއް ރުއްގަނޑަކީ އަމީނީމަގުގެ އިރުދެކުނު ކަންމަތިން ފެށިގެން ދެކުނުފަރާތުންގޮސް ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓްގެ ހުޅަނގު އުތުރު އިމާހަމައަށް ރ.މ ޖަހާފައިވާ ރުއްގަނޑެވެ. އަދި ރ.ރ ރުއްގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ ރުއްގަނޑަކީ ޒިޔާރަތްމަގު ހުޅަނގު އުތުރުން ފެށިގެން މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓްގެ ހުޅަނގު އުތުރު އިމާހަމައަށް ރ.ރ ރުއްގަނޑުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ރުއްގަނޑެވެ.

އަންދާސީ ހިސާބު ހުށަހެޅުން

1- ރުއްގަނޑުތައް ކުއްޔަށް ދޫކުރެވޭނީ 3 (ތިނެއް) އަހަރުގެ މުއްދަތަށެވެ.

2- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޭޕްރީލް 06 ވާ ހޯމަ ދުވަހުގެ 13:00 ގައި  މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

3- އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފޯމާއި، މަޢުލޫމާތު ޝީޓް މި އިޢްލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މާއެނބޫދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

އިތުރު މަޢުލޫމާތު

ހ- މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ހަމައެކަނި ދ.މާއެނބޫދޫގެ ރައްޔިތުންނަށެވެ.

ށ- ކޮންމެ ރުއްގަނޑަކަށްވެސް ވަކިވަކިން އަންދާސީ ހިސާބު ހުށަހެޅިދާނެއެވެ.

ނ- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ރުއްގަނޑަކަށް 1 އަންދާސީ ހިސާބެވެ.

ރ- ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ބ- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

ޅ- ރުއްގަނޑު ޙަވާލުކުރެވޭނީ  އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސްލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެއްވަރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

ކ- އަންދާސީ ހިސާބު ހުށަހަޅާ ބިޑްއެވޯޑް ކުރުމަށްފަހު ޤަބޫލުކުރެވޭ ޢުޒުރެއްނެތި މަސައްކަތް ނުކުރެވޭނެކަމަށް ދޫކޮށްލާ އެއްވެސް ފަރާތަކަށް، 1 އަހަރު ދުވަހުގެ މުއްދަތަށް މާއެނބޫދޫ ކައުންސިލުންކުރާ އެއްވެސް އިޢްލާނަކާ ގުޅިގެން އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ.

 

ރުއްގަނޑު ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

95%

ތަޖުރިބާއަށް(ތަޖުރިބާ ބަލާނީ މީގެކުރިން މިފަދަ މަސައްކަތްތައްކޮށް ގިނައިން ލިޔުންހުށަހަޅާ ފަރާތަކީ ބެންޗް މާކު ކަމުގައި ބަލައިގެންނެވެ.)

5%

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. އަންދާސީ ހިސާބު

ށ. އައިޑީކާޑު ކޮޕީ

ރ. މަސައްކަތު ތަޖުރިބާއަށް ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއްގެ ކޮޕީ

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

29 މާރިޗު 2026
ހޯދާ