ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. ބަނޑިދޫ ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަން އިމާރާތް ކުރާ ބިމުގައި ހުރި ރުއް ގަހުގެ ވެރިފަރާތެއް ހޯދުމާއި ގުޅޭ

ދ. ބަނޑިދޫ ރަށްޔިތުންގެ "މަލަ" އިމާރާތުގެ ހުޅަނގުން، އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދ. ބަނޑިދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. މި ބިމުގައި ހުރި 03 ހިނރުދު ގަހުގައިވާނީ P/01, P/02, P/03 ނަންބަރު ޖަހާފައެވެ.

 ވީމާ، މި 03 ހިނރުދު ގަހުގެ ވެރިފަރާތްތަކުން 07 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 12.00ގެ ކުރިން އެއީ އެފަރާތެއްގެ ގަހެއްކަން އެނގޭ 02 ހެކިވެރިންގެ މަޢުލޫމާތާއިއެކު ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. 

29 މާރިޗު 2026
ހޯދާ