މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތިދޫކުރުން 2025 ދެވަނަ ބުރު

ބަންޑާރަ ގޯތިދޫކުރުން 2025 ދެވަނަ ބުރު

             2025ވަނަ އަހަރު ބަންޑާރަގޯތި ދޫކުރުމަށް ކުރެވުނު ނަންބަރ (IUL)325-MS/325/2025/78 އިޢުލާނާގުޅިގެން ފޯރމް ހުށަހެޅިފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލްޝީޓް މިއިޢުލާނާއެކު ޢާންމު ކުރަމެވެ. މިލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސްލިބުނު 78 ފަރާތާ ގޯތިޙަވާލުކުރުމަށާއި ޤުރުޢަތު ލުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ 02 އެޕްރީލް 2026 ވާ ބުރާސްފަތި  ދުވަހުގެ 20:30 ގައި ސްކޫލް ހޯލްގައެވެ. މިދެންނެވި ބައްދަލުވުމުގައި ގޯތި ލިބޭ ފަރާތްތަކުން ބައިވެރިވެލެއްވުންއެދި ދަޢުވަތު އަރުވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަނަމަ އެކަން 02 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން މިކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ. ޤުރުއަތުލުމުގެ ރަސްމިއްޔާތަށް ހާޒިރުނުވާ ފަރާތްތަކުގެ ޤުރުއަތުނަގާނީ މިކައުންސިލްގެ ފަރާތުންނެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މާރިޗު 2026
ހޯދާ