ދިވެހިރާއްޖެ
އިޢުލާން
މި ޑިޕާޓްމަންޓަށް އެޗް.އާރު ސިސްޓަމެއް ގަތުމަށް ކުރި ނަންބަރު: (IUL)133-AS/1/2015/34 އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
Qty |
Description |
01 |
HR System |
ވީމާ، މި ޑިޕާޓްމަންޓަށް އެޗް.އާރު ސިސްޓަމެއް ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހު 10:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
2 ރަބީޢުލްއައްވަލް 1437