ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހަދަމުންދާ މަގުތަކުގައި ހުރި ގަސްތައް ކެނޑުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
* އަންދާސީހިސާބު ބޭނުންވެއްޖެ:
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހަދަމުންދާ މަގުތަކުގައި ހުރި ގަސްތައް ކެނޑުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- މި މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުކަރުދާހާއި ފޯމު ދޫކުރުން އޮންނާނީ 21 ޑިސެންބަރު 2015 ވަނަ ދުވަހުގެ 13:00 ގައި މަލްޓިޕާޕޯސް އިމާރާތުގެ ސެމިނަރރޫމުގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 24 ޑިސެންބަރު 2015 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް އިމާރާތުގެ ސެމިނަރރޫމުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
75% |
މުއްދަތު |
25% |
އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
02 ރަބީޢުލްއައްވަލް 1437
13 ޑިސެންބަރު 2015
ހޯދާ