ދިވެހިރާއްޖެ
ގދ.ގައްދޫ ލޭންޑް ޔޫސް ޕްލޭންގައި ވިއްކުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން މިހާރު ދިގު މުއްދަތަށް ކުއްޔަށް ނަގާފައިވާ ބިންތަކާއި ގުޅޭ
09 މެއި 2024 ގައި ފާސްކޮށް އަމަލުކުރަން ފަށާފައިވާ ގދ.ގައްދޫގެ ލޭންޑް ޔޫސް ޕްލޭންގައި ވިއްކުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން (ލޭންޑް ޔޫސް ޕްލޭންގައި 38.2 ގެ ގޮތުގައި ފާހަގަ ކޮށްފައިވާ ބިންތައް) ދިގުމުއްދަތަށް ކުއްޔަށް ނަގާފައިވާ ބިންތައް ބީލަން އުޞޫލުން ގަތުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ލިޔުމުން ހުށަހެޅުން އެދެމެވެ. މިގޮތަށް ހުށަހަޅާ ބިންތައް ކައުންސިލުން ކުރިޔަށްގެންދާ ބިން ވިއްކުމުގެ މަސައްކަތުގެ ތެރެއިން ޢާއްމުކޮށް އިޢުލާން ކުރެވިގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، 19 މެއި 2024 ގައި ފާސްކޮށް ޢަމަލުކުރަން ފަށާފައިވާ ގދ.ގައްދޫގެ ލޭންޑް ޔޫސް ޕްލޭންގައި ވިއްކުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން (ލޭންޑް ޔޫސް ޕްލޭންގައި 38.2 ގެ ގޮތުގައި ފާހަގަ ކޮށްފައިވާ ބިންތައް) ދިގުމުއްދަތަށް ކުއްޔަށް ނަގާފައިވާ ބިންތަކުގެ ތެރެއިން ބީލަން އުޞޫލުން ގަތުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް 31 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ލިޔުމުން ހުށަހެޅުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
28 މަރޗް 2025
