ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ / ޕްރޮޖެކްޓްސް، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ޕްރޮޖެކްޓްސް، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

މަޤާމް:

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/11,500ރ އާއި -/22,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން ބެޗްލަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މިދާއިރާއިން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓެރެޓަޖީތަކާއި އެއްގޮތަށް ޕްރޮޖެކްޓްތައް ފޯރމިއުލޭޓް ކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ލަފާ ދިނުމާއި އެ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރު ކަމާއެކު ކުރުމާއި ކުރުވާ ބެލެހެއްޓުން.
  • ޑިޕާރޓްމަންޓުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހަވާލުކުރެވޭ ޕްރޮޖެކްޓްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި  މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް އިންތިޒާމް ކުރުމާއި ކުރުވާ ބެލެހެއްޓުމާއި، މަސައްކަތުގެ ތާވަލާއި އެއްގޮތަށް ކުރިއަށްދޭތޯ ބަލައި ރިޕޯޓްކުރުން.
  • ހަވާލުކުރެވޭ މަސައްކަތްތައް/ޕްރޮޖެކްޓްތައް ބެލެހެއްޓުމުގައި އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން އަވަސްވާނެ ގޮތަށް ކަންތައްތައް ރާވާ ހިންގުން
  • އަލަށް ޢިމާރާތްކުރުމަށް ނިންމާފައިވާ ޕަވަރހައުސް، ސަބްސްޓޭޝަން އަދި ކަރަންޓު ދިނުމާ ބެހޭ އެންމެހާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެހެން އިދާރާތަކާއެކު މަޝްވަރާކުރަންޖެހޭ ކަންތައްތަކުގައި މަޝްވަރާކޮށް ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ކުރުވުން
  • އަހަރީ ބަޖެޓްގައި ހިމަނަންޖެހޭ މަޝްރޫޢުތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި މަސައްކަތް ހިންގާބެލެހެއްޓުން.
  • ޑިޕާރޓްމަންޓުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ލަފާ ދިނުމާއި އެކަންތައްތައް އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ރޭވުމާއި، ރާވާގޮތެއްގެ މަތިން ކަންތައްތައް ހިގަމުންދޭތޯ ބެލެހެއްޓުން.
  • ކުންފުނީގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން މުދަލާއި ފައިސާ އާއި ބެހޭގޮތުން އަމަލުކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، އަދި މިނޫންވެސް ކަމާއި ބެހޭ ޤާނޫނުތަކާއި ޤަވާޢިދު ތަކާއި ޢުޞޫލުތަކާއި އެއްގޮތަށް އިންފްރާސްޓްރަކްޗަރ ސެކްޝަނުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން.
  • ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކުރުމާއި ވޭރިއޭޝަން އެޕްރޫވްކުރުމުގައި ކުންފުނީގެ ޤަވާޢިދާ އެއްގޮތަށް އެއިރެއްގައި ހުންނަ ޒިންމާދާރުވެރިއެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދިއުން.
  • ޑިޕާރޓްމަންޓަށް ލިބޭ ބިލްތައް ފޮނުވަންޖެހޭ ޑިޕާރޓްމަންޓުތަކަށް ޤަވައިދުން ފޮނުވަމުންދާކަން ކަށަވަރުކުރުން.
  • ކޮންޓްރެކްޓަރުން ހުށަޅާ ވޭރިއޭޝަންތަކާގުޅޭގޮތުން ޑިޕާރޓްމަންޓް ހެޑަށް/ޔުނިޓް ހެޑަށް ލަފާ ދިނުމާއި ޕްރޮޖެކްޓަކުގެ ވޭރިއޭޝަންތައް ޤަވާޢިދުގެ ތެރޭގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

30 މާރިޗު 2026 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 30 މާރިޗު 2026 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

09 ޝައްވާލް 1447

28 މާރިޗު 2026

28 މާރިޗު 2026
ހޯދާ