ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ތިރީގައި މި ދަންނަވާ މަޤާމަށް/ މަސައްކަތަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
|
ބޭނުންވާ ދާއިރާ |
ބޭނުންވާ އަދަދު |
|
މޮނިޓަރިންގ އެންޑް އިވެލުއޭޝަން އެންޑް ނޮލެޖް މެނޭޖްމަންޓް ސްޕެޝަލިސްޓް |
1 |
މި މަޤާމް/މަސައްކަތާގުޅޭ އެންމެހާ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މިއިޢުލާނާއެކު ހިމަނާފައިވާނެއެވެ.
މަޤާމް/މަސައްކަތަށް އެދި ހުށަހެޅުން.
މި މަޤާމަށް/ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2 އޭޕްރިލް 2026 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް އަށް، ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔުންތަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ސިޓީ ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ.
ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަން
މިނިސްޓްރީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ސްޓަރ ކްލައުޑްސް، 5 ވަނަ ފަންގިފިލާ
މަޖީދީ މަގު، މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]
26 މާރިޗް 2026
މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ
- ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ތަޖުރިބާގެ ލިޔުންތައް ( ލިޔުން ނެތްނަމަ މަސައްކަތުގެ ތަޖުރިބާ ގަބޫލު ނުކުރެވޭނެ)
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 2 އޭޕްރިލް 2026 ގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް job@ agriculture.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
