ދިވެހިރާއްޖެ
ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ދެއްވަވާ އުމްރާދަތުރަށް އެދި ހުށަހެޅި ފަރާތްތަކުގެ ލިސްޓް އާންމުކޮށް ޝަކުވާ އަށް ހުޅުވާލުން
މިކައުންސިލުގެ ނަންބަރ: (IUL)272-ESMS/272/2026/12 އިޢުލާނުން، ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޞިލް އަމީން ފައިސަލް، ނޫމަރާގެ ރައްޔިތުންގެ ތެރެއިން އެއް ބޭފުޅަކަށް ދެއްވަވާ އުމްރާދަތުރަށް އެދި ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި މިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކު އާންމުކުރީމެވެ. މިލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، 2 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ ގޫގުލް ލިންކު ފޯމު މެދުވެރިކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ގޫގުލް ފޯމު ލިންކު: https://forms.gle/SA5r5mrJQPwEM8HE7
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
