ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ޕްރިންސިޕަލް ހުންނެވުމަށް ތައްޔާރުކުރެވޭ އެޕާޓްމަންޓުގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: RS/IUL/2015/104 އިޢުލާނު ގެޒެޓްގައި ޕަބްލިޝްކުރެވުނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅުނު ތާރީޚުގެ އެއްދުވަސް ކުރިން ކަމުގައިވާތީ އެ އިޢުލާނު ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.
03 ރަބީޢުލްއައްވަލް 1437