މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެމީ ސްކިލްޑް ވޯކަރ - ގއ.ދެއްވަދޫ އައިސްޕްލާންޓް / މިފްކޯ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްއަށް މީހުން ހޯދަން އިއުލާން ކުރަމެވެ.

މަޤާމު

 ސެމީ ސްކިލްޑް ވޯކަރ 

ބޭނުންވާ ޢަދަދު

 1 

 ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) 

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ގއ.ދެއްވަދޫ އައިސްޕްލާންޓް / މިފްކޯ 

ޖުމްލަ މުސާރަ:

  10834.50 ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

ގްރޭޑް 7 ފެންވަރު ހުރުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއަކުން  01 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކުރުމާއިއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިހަކަށްވުން

މަޤާމުގެ މަސްޢޫލިއްޔަތު:

ޕްލާންޓްގައި ކަޑައެޅިފައިވާ ޑިއުޓީ ކުރުން.

އައިސްޕްލާންޓްގެ މަސައަކްތުގައި ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

މަސައްކަތުގައި އުޅޭ އެހެން މުވައްޒަފުންނަށް އެހީތެރިވުން.

އައިސް ލޯޑް އަދި އަންލޯޑް ކުރުމުގައި އެހީތެރިވުން.

މަސައްކަތް ކުރާތަން ސާފުތާހިރުކަމާއި އެކު ބެލެހެއްޓުން.

އައިސް ޕްރޮޑަކްޝަންގައި ލޭބަލިންގ އަދި ޕެކޭޖިންގައި އެހީތެރިވުން.

މަސްކިރުމުގައި ޙަރަކާތްތެރިވުން. 

ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް  ގެންދިއުން

ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތައް ކަންތައްތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ.

އަށެވެ [email protected] އީމެއިލް ކުރައްވާނީ .

ވަޒީފާ އަށް އެދޭ ލިޔުންތަށް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 02 އޭޕްރިލް 2026 ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ 

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

26 މާރިޗު 2026
ހޯދާ