ދިވެހިރާއްޖެ
މިމަދަރުސާގެ 6 ވަނަ ފަންގިފިލާގައި 2 ފާޚާނާ ހެދުމަށް ކުރިން ކޮށްފައިވާ މިނަންބަރު B-MAI/IUL/2015/45 އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް (އަމީނިއްޔާ ސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް (އަމީނިއްޔާ ސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
21 ޑިސެންބަރު 2015 (ހޯމަ) ދުވަހުގެ 10:00 އަށް |
24 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.
04 ރަބީޢުލްއައްވަލް 1436