ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު 

ނަންބަރު:(IUL)195-C/195/2026/13

ތާރީޚް: 25 މާރިޗު 2026

މަޤާމު

ފެމިލީ ކޯޓުގެ އިސްޤާޟީ

މި މަޤާމަކީ ފެމިލީ ކޯޓަށް ޢައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

ފަނޑިޔާރުން ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަޔާއި ޢިނާޔަތްތައް

އަސާސީ މުސާރަ (މަހަކު)

39,700.00 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

18,000.00 ރުފިޔާ

ރިސްކް އެލަވަންސް (މަހަކު)

3,300.00 ރުފިޔާ

ފޯނު އެލަވަންސް (މަހަކު)

1,000.00 ރުފިޔާ

ހެލްތް އިންޝުއަރެންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ފެމިލީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން.

އިސްޤާޟީކަމަށް އެދި ހުށަހެޅުން

އިސްޤާޟީކަމުގެ މަޤާމަށް އެދި ހުށަހަޅުއްވާނީ މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ.  ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

31 މާރިޗު 2026 ވަނަ ދުވަހުގެ 12:00 އެވެ.

ގަވާއިދު

މި އިޢުލާންގައިވާ އިސްޤާޟީކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv  އިން ލިބޭނެއެވެ.

އިތުރު މަޢުލޫމަތު ސާފުކުރުން

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޮމިޝަނުގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 
25 މާރިޗު 2026
ހޯދާ