ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2026
2026 މާރިޗު 23 ވީ ހޯމަ ދުވަހު ބޭއްވުނު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ 2026 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުމުގައި،
އެސް-އޯ މޯލްޑިވްސްގެ 2026 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، 2026 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށްވަނީ ނިންމަވާފައެވެ.
އެހެންކަމުން، އެސް-އޯ މޯލްޑިވްސްގެ 2026 ވަނަހަރުގެ އަހަރީ ޢާއްމު ޖަލްސާ 2026 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހު އޮންނާނެ ވާހަކަ އެސް-އޯ މޯލްޑިވްސްގެ
މެންބަރުންގެ މަޢުލޫމާތަށްޓަކައި ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
މި ޖަލްސާގައި ބައިވެރިވުމަށް އެދޭ މެންބަރުން ޖަލްސާއަށް ރަޖިސްޓަރކުރުމަށްޓަކައި ފުރުޞަތު ހުޅުވާލެވޭނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްގެ ނަންބަރު 7776377 އާ ގުޅުއްވުން އެދެމެވެ.
05 ޝައްވާލް 1447
24 މާރިޗު 2026
ހޯދާ
