ދިވެހިރާއްޖެ
މި ސްކޫލުގެ 3 ކްލާސްރޫމުގައި މުށިޖަހަން ބޭނުންވެގެން ކުރި GS129/2015/13 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޑިސެންބަރު 2015 ވާ ހޯމަދުވަހުގެެ 09:00ގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެންބަރު 2015 ވާ އާދީއްތަދުވަހުގެ 09:00ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައިކަން އެނގޭނެ ވެރިފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580358 ފޯނާ ގުޅުއްވުން އެދެމެވެ.
04 ރަބީޢުލްއައްވަލް 1437