ދިވެހިރާއްޖެ
2016ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި GS129/2015/10 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހްޅުއްވާފައިވާ އަގުތައް ބޮޑުކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޑިސެންބަރު 2015 ވާ ހޯމަދުވަހުގެ 13:00ގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެންބަރު 2015 ވާ އާދީއްތަދުވަހުގެ 13:00ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައިކަން އެނގޭނެ ވެރިފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580358 ފޯނާ ގުޅުއްވުން އެދެމެވެ.
04 ރަބީޢުލްއައްވަލް 1437