ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިންޓާނަލް އޮޑިޓަރ

މަޤާމް

އިންޓާނަލް އޮޑިޓަރ

މަޤާމުގެ ރޭންކް

L7 – D1 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޔުނިޓް

އިންޓަރނަލް އޮޑިޓް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

-/8,400 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމުގައި، އިންސްޓިޓިއުޓް އޮފް އިންޓަރނަލް އޮޑިޓަރސް (އައި.އައި.އޭ) އަދި އައި.އެފް.އޭ.ސީ - ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ކޮލިފިކޭޝަނެއް ނުވަތަ އެފަދަ ގުޅުން ހުރި ކޮލިފިކޭޝަނެއް ހުރި ފަރާތެއްނަމަ އެފަރާތަކަށް އިސްކަން ދެވޭނެއެވެ. 
  • މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:

          ކޯޕަރޭޓް ގަވަރނަސްއަށް އަހުލުވެރިވުން ؛

          މާލިއްޔަތު ޤާނޫނަށް ރަނގަޅަށް އަހުލުވެރިވެފައިވުން؛ 

          ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން؛

          ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓްކުރުމުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕަބްލިކް ސަރވީސް މީޑިއާގެ ޑިޕާރޓްމަންޓްތަކާއި، ޗެނަލްތައް ހިންގަމުންދަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކުތަކާއި އެއްގޮތަށްތޯ ބަލައި ސުޕަރވައިޒަށް ރިޕޯޓް ކުރުން؛
  • އިންޓަރނަލް އޮޑިޓް ޕްލޭން އެކުލަވާލުމާއި، ޓީމުގަ ހިމެނޭ ޖޫނިއަރ ސްޓާފުންނާއި މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތައް އޮޑިޓް ކުރުމުގެ ބައިނަލް އަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކުރެވެމުންދޭތޯ ބެލުމާއި، އޮޑިޓް ޕްލޭން ފާސްކުރުމަށް  ސުޕަރވައިޒަށް ހުށަހެޅުން؛
  • އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރުބަލައި، އެއޮޑިޓަކާއި ގުޅޭގޮތުން އޮޑިޓްކުރުމަށް ހަވާލުކޮށްފައިވާ އޮޑިޓްގެ ބައިތަކުގެ މަސައްކަތަށް ހޭދަވާ ވަގުތުބަލައި، އެވަގުތާ، ފާސްކޮށްފައިވާ އޮޑިޓް ޕްލޭނުގައި ހިމެނޭ ވަގުތާއި އަޅާކިއުން؛
  • އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭ ލިޔެކިއުންތައް، އެމައްސަލަތަކަށް ބާރުލިއްބައިދޭނެ މިންވަރަށާއި އެއްވެސް އޮޅުމެއްނާރާނެ މިންވަރަށް އެކުލަވާލެވިފައިވޭތޯ ކަށަވަރުކުރުން؛
  • ޑްރާފްޓް ޑިސްކަޝަން ޕޭޕަރ އަދި ޑްރާފްޓް އޮޑިޓް ރިޕޯޓް ތައްޔާރު ކުރުން؛
  • އެކްސްޓަރނަލް އޮޑިޓް އަދި އިންޓަރނަލްއޮޑިޓްގައި ރަނގަޅުކުރުމަށް ލަފާދީފައިވާ ކަންކަން ރަނގަޅު ކުރަމުން ގެންދޭތޯބެލުން؛
  • އެކްސްޓަރނަލް އޮޑިޓިންގގައި އެފަރާތައް ދޭންޖެހޭ އެއްބާރުލުންދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ. )

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 04 އެޕްރީލް 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207 އާއި ގުޅުއްވުން އެދެމެވެ.

24 މާރިޗު 2026
ހޯދާ