ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީ މުއައްޒަފުންގެ އެކޮމަޑޭޝަން ހޯދުމަށް

އިޢުލާނު

 

                                 އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުން ތިބުމަށް 3 ކޮޓަރި، 3 ފާހާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭ ގޮތަށް 3 މަސްދުވަހުގެ މުއްދަތައް ގެއެއް ކުއްޔަށް ހިފަން ބޭނުންވާކަމަށް އެކުންފުނިން ވަނީ އަންގާފައެވެ.

                                 ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 31 މާރިޗް 2026 ވާ އަންގާރަ ދުވަހުގެ 13:05 ކުރިން ކޯޓޭޝަން  [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ހުށަހަޅާ ކޯޓޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ކަންޑައަޅާނީ އެމް.ޓީ.ސީ.ސީ އިން ކަމުގައި ދަންނަވަމެވެ.

                                 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަމްބަރ 9803117 ފޯނަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 މާރިޗު 2026
ހޯދާ