ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާޚާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ގއ. އަތޮޅު ތައުލީމީ މަރުކަޒު

ގއ. ވިލިނގިލި

                                                                                                        

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާޚާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

  1. ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ބޭނުންކުރަމުންނަ އަންނަ ސްކޫލުގެ އުތުރު ފަރާތުގެ ފާޚާނާ ބަރި ، ހޯލުގެ ފާޚާނާ ބަރި ، ނުވަ ކްލާސްރޫމް އިމާރާތުގެ ދެ ފާޚާނާ މަރާމާތު ކުރުމުގެ މަސައްކަތް މިމަރުކަޒުން ދީފައިވާ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު ޢިއުލާނު (IUL-1069/2026/08  ) ގެ ޝަރުތު ހަމަވާ ބީލަންތަކުގެ އަގު ބޮޑުމަށް ފެންނާތީވެ އެ އިއުލާން ވަނީ ބާތިލު ކުރެވިފައެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 މާރިޗު 24 ން 2026 މާރިޗު 28 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 މާރިޗު 29 ވަނަ ދުވަހުގެ 09:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ. އަދި މިބައްދަލުވުމަށްފަހު މަސައްކަތްކުރާ ސައިޓްތައް ދެއްކުން އޮންނާނެއެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މާރިޗު 30 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މާރިޗު 31 ވަނަ ދުވަހުގެ 10:30 ގައިގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

ފޯން:  6820029

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

          05 ޝައްވާލު 1447

         24  މާރިޗު 2026

24 މާރިޗު 2026
ހޯދާ