މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު -މި މިނިސްޓްރީގެ ރަސްމީ މަސައްކަތްތަކާއި، ބާއްވާ ބައްދަލުވުންތަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ރަސްމީ ދަތުރުތަކުގައި މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި 5 ލެޕްޓޮޕް ސަޕްލައިކޮށް މިނިސްޓްރީއަށް ފޯރުކޮށްދިނުމުގެ މަސައްކަތް

މި މިނިސްޓްރީގެ ރަސްމީ މަސައްކަތްތަކާއި، ބާއްވާ ބައްދަލުވުންތަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ރަސްމީ ދަތުރުތަކުގައި މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި 5 ލެޕްޓޮޕް ސަޕްލައިކޮށް މިނިސްޓްރީއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2 އޭޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.

24 މާރިޗު 2026
ހޯދާ