ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުކޮނުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށް ހުޅުވާލުން

ކުޅުދުއްފުށީ މަގުކޮނުމާއި، މަގުގައި އެއްޗެތި ވަޅުލުމާއި ބެހޭ ގަވާއިދު (ނަންބަރު: 2024/R-75)ގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަގު ކޮނުމުގެ ޚިދުމަތްދޭ ފަރާތްތަކުން ލައިސަންސް ހޯދުމަށް އެދުމަށް ހުޅުވާލަމެވެ. މި ލައިސަންސަށް އެދި ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. އަދި ލައިސަންސް ދޫކުރުމަށް ހުޅުވާލަން ނިންމާފައިވަނީ އަހަރަކު އެއްފަހަރު ކަމުގައި ދަންނަވަމެވެ.

ލައިސަންސަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޭޕްރީލް 2026 ވަނަ ދުވަހުގެ 14:00 އެވެ. ލައިސަންސަށް އެދި ހުށަހަޅާ ފޯމް މި އިދާރާގެ ވެބްސައިޓުންނާއި މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 މާރިޗު 2026
ހޯދާ