ދިވެހިރާއްޖެ
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ
|
މަޤާމު |
ސެމީސްކިލްޑް ވޯކަރ |
|
ބޭނުންވާ ޢަދަދު |
04 |
|
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފިޝް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް |
|
އަސާސީ މުސާރަ: |
2850 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް: |
ސާރވިސް އެލަވަންސް: 1710.00 ރުފިޔާ މިނިމަމް ވޭޖް އެލަވަންސް: 3619.50 ރުފިޔާ ފުޑް އެލަވަންސް: 1800 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް: |
އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ޝަރުޠު: |
މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން. |
|
މަޤާމްގެ މަސްއޫލިއްޔަތުތައް |
މަސްކެނޑުމުގެ މަސައްކަތް ކުރުން މަސްކަނޑަން ބޭނުންކުރާ އާލާތްތަކާއި ގާޑިޔާ ފަދަ ތަކެތި ދޮވެ ސާފުކުރުން. މަސް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން. ފެސިލިޓީގެ ތެރޭގައި މަހާއި މަހުގެ އުފެއްދުންތައް ސޯޓްކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލައި ބެލެހެއްޓުން. މަސައްކަތްކުރާ ސަރަހައްދާއި، ބޭނުންކުރާ އާލާތްތަކާއި ސާމާނުގެ ސާފުތާހިރުކަން ދެމެހެއްޓުން. ކާބޯތަކެތީގެ ރައްކާތެރިކަމާއި، ފެންވަރު ހިފެހެއްޓުމާއި، އަދި މަސައްކަތުގެ މާހައުލުގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުން. ޕްރޮޑަކްޝަންގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި، ފަންނީ މުވައްޒަފުންނާއި ސުޕަވައިޒަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. މަސް ތައްޔާރުކުރާ ލައިންގައި ކުރަންޖެހޭ އާންމު އެންމެހާ މަސައްކަތްތައް ކުރުން |
|
އިންޓަރވިއުކުރުން: |
.އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް) ޕޮލިސް ރިޕޯރޓް |
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 މާރޗް 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
|
|
|
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ
