ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުޢައްސަސާތަކަށް ސީ ފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި 02 އަހަރު ދުވަހުގެ މުއްދަތަށް ކްލިއަރކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)23-PD(PMS)/23/2026/38 (15 ފެބްރުއަރީ 2026) ނަންބަރ އިއުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުވާތީ، އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 މާރޗް 2026 ވާ ހޯމަ ދުވަހުން ފެށިގެން 01 އޭޕްރިލް 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހު މެންދުރުފަސް 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
04 ޝައްވާލް 1447 ހ.
