ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަ ކަޕް 2026 – ލައިވް ކަވަރޭޖާއި މީޑިއާގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ކައުންސިލުން އިންތިޒާމުކޮށްގެން ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވައިލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ " ހޯރަ ކަޕް 2026" ގެ ހޯރަކަޕް 2026 – ލައިވް ކަވަރޭޖާއި މީޑިއާގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

25 މާރިޗު 2026

ބުދަ

 11:00 (ހެނދުނު)

ބީލަން ހުށަހެޅުން

31 މާރިޗު 2026

އަންގާރަ

 13:30 (މެންދުރުފަހު)

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

https://forms.gle/XUTWRJyhuX1Zj8Q96

   އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

               04 ޝައްވާލު 1447  

23 މާރިޗު 2026
ހޯދާ