މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-441566

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 07 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުކުރިމަގު ސްކޫލް، ލ. ގަން

މުސާރަ:

9845.00 ރުފިޔާ

މަޤާމުގެ އެލަވަންސް

4595.00 ރުފިޔާ

ހާޒިރީ އިނާޔަތް

125.00 ރުފިޔާ ( ހާޒިރުވާ ދުވަހަކަށް )

 

 

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖާގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ސްކޫލުގައި ކޮންފްލިކްޓް މްނޭޖްމަންޓާއި މީޑިއޭޝަން ޕްރޮސެސް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

2-      ދަރިވަރުންގެ ކުރިއެރުވުމަށް އެކުލަވާލާ އެޑިއުކޭޝަނަލް މެނޭޖްމަންޓް ޓީމްތަކާއި އެހެނިހެން ޓީމްތަކުގައި ބައިވެރިވުން

3-      ސަސްޕެންޝަން/އިސްތިއުނާފު އަޑުއެހުންތަކުގައި ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ބައިވެރިވުން

4-      ދަރިވަރުންނަށް ސްކޫލުގައި ހިންގާ ހަރަކާތްތަކާއި ސްކޫލުން ބޭރުގެ ތަފާތު ފަރާތްތަކާ ގުޅިގެން ދަރިވަރުންނަށް ހިންގާ ހަރަކާތްތައް ކޯޑިނޭޓްކުރުމާއި، ސުޕަވައިޒް ކުރުމާއި، މޮނިޓަރ ކުރުމުގައި ޕްރިންސިޕަލްއަށް އެހީތެރިކަން ފޯރުކޮށްދިނުން

5-      ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ދަރިވަރުންނަށް ހިންގާ ހާއްސަ ޕްރޮގްރާމްތައް ކޯޑިނޭޓްކުރުމާއި ތާންފީޒުކުރުން

6-      މަގާމުގެ މަސައްކަތާގުޅޭ ރިޕޯޓްތައް އެކުލަވާލުން

7-      ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ދަރިވަރުންގެ ޝާމިލުވުން އިތުރުކުރުމާ ގުޅޭ ސްކޫލް އިމްޕްރޫވްމަންޓް ޕްލޭނަށް ހިއްސާކުރުމުގެ ގޮތުން އަހަރަކު އެއް މަޝްރޫޢު ފަރުމާކޮށް ކޯޑިނޭޓްކުރުން. އެފަދަ މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލުގެ ދަންފަޅިއަށްފަހު ހިންގާ ހަރަކާތްތަކުގެ ޕްރޮގަރާމްތައް ކޯޑިނޭޓްކުރުމާއި، ސްކޫލުގެ ރައްކާތެރިކަމާއި ސެކިއުރިޓީ ބެލެހެއްޓުން ހަރުދަނާކުރުމާއި، ސްކޫލުގައި ފަހި މާޙައުލެއް ދަމަހައްޓައި ކުރިއެރުވުމުގެ ގޮތުން މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ޕްރޮގަރާމްތައް ފަދަ ތަފާތު ބާވަތްތަކުގެ ޕްރޮގަރާމްތައް ކޯޑިނޭޓްކުރުން

8-      ކަނޑައެޅިފައިވާ ގޮތުގެ މަތިން އޮފީސް ހުޅުވާ ލެއްޕުން

9-      މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސަޖު ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން އަދި ސްކޫލަށް ބޭނުންވާ މަޤާމުތައް އުފެއްދުމަށް އިއުލާން ކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މައުލޫމާތުތައް ފުރިހަމަކޮށް ފޮނުވުމާއި، މަޤާމުތަކަށް އިއުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމްތައް ތައްޔާރުކޮށް، އިންޓަރވިއު ނިމުމުން ވަޒީފާ ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ތައްޔާރުކޮށް ވިއުގަ އަށް އަދާ ހަމަކުރުން

10-  މުވައްޒަފުންގެ މައުލޫމާތުތައް ވިއުގައިގަ އަޕްޑޭޓްކޮށް ރެކޯޑްސްތައް ބެލެހެއްޓުން

11-  މުވައްޒަފުންގެ ހާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މަހުން މަހަށް ހާޟިރީ ރިޕޯޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރުކުރުން

12-  މުވައްޒަފުންގެ ވަޒީފާ ބަޔާނާއި ވަޒީފާ އެއްބަސްވުން ތައްޔާރު ކުރުން

13-   މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން، މިގޮތުން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި، ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންގެ މަޢުލޫމާތު ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައި ލިޔެ ފުރިހަމަކުރުމާއި، މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން

14-  މުވައްޒަފުންގެ ޗުއްޓީ ޕަލޭން ތައްޔާރުކުރުން

15-  ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި ރަސްމިއްޔާތުތައް އިންތިޒާމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ

 

މަޤާމުގެ ތައުލީމީ ރޮގުތައް:

-          އެކައުންޓިންގ

-          އެކައުންޓިންގ އެންޑް ފައިނޭންސް

-          އެޑްމިނިސްޓްރޭޝަން

-          އޮޑިޓިންގ

-          ބިޒްނަސް

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް އިންފޮމޭޝަން ޓެކްނޯލޮޖީ

-          ބިޒްނަސް މެނޭޖްމަންޓް

-          ކޮމާރސް

-          ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ

-          ކޮމްޕިއުޓަރ ސައިންސް

-          ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ

-          ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ

-          އެޑިއުކޭޝަން މެނޭޖްމަންޓް

-          އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން

-          ފައިނޭންސް

-          ފައިނޭންޝަލް މެނޭޖްމަންޓް

-          ފައިނޭންޝަލް ޕްލޭނިންގ

-          ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން

-          ހިއުމަން ރިސޯސް

-          ހިޔުމަން ރިސޯސް މެނޭޖްމަންޓް

-          އިންފޮމޭޝަން ޓެކްނޮލޮޖީ

-          އިންޓަރނަލް އޮޑިޓިންގ

-          އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް

-          އިސްލާމިކް ފައިނޭންސް

-          ލޮޖިސްޓިކްސް މެނޭޖްމަންޓް

-          މެނޭޖްމަންޓް

-          ނެޓްވަރކިންގ

-          އޮޕަރޭޝަންސް މެނޭޖްމަންޓް

-          ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް

-          ޕްރޮކިއުމަންޓް މެނޭޖްމަންޓް

-          ޕްރޮގްރާމިންގ

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

-          ޕަބްލިކް ފައިނޭންސް

-          ޕަބްލިކް މެނޭޖްމަންޓް

-          ޕާޗޭސިންގް

-          ސްކޫލް އެޑްމިނިސްޓްރޭޝަން

-          ސްކޫލް މެނޭޖްމަންޓް

-          ސޮފްޓްވެއަރ އިންޖިނިއަރިންގ

-          ސަޕްލައި ޗެއިން މެނޭޖްމަންޓް

-          ސިސްޓަމް އެޑްމިނިސްޓްރޭޝަން

-          ވެބް ޑިވެލޮޕްމަންޓް

 

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމަށް ކޯ ޑިސިޕްލިން: ނެތް

 

ގުޅޭ ވަޒީފާގެ ދާއިރާތައް

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއިއިދާރީ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (% 30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
  4. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ ( %5 )
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 20)
  6. އިންޓަރވިއު (% 35)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މާރިޗް 2026 ވާ އަންގާރަ ދުވަހު ގެ 14:00 ގެ ކުރިން، މުކުރިމަގު ސްކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 01 އެޕްރީލް 2026 ން 09 އެޕްރީލް 2026  އާއި ދެމެދު މުކުރިމަގު ސްކޫލްގައެވެ.

 

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7970739ނަންބަރު ފޯނާއެވެ.
އީ-މެއިލް ކުރާނީ
[email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 މާރިޗު 2026
ހޯދާ