ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެޑްމިނިސްޓްރޭޓަރ |
މަޤާމް: |
188-OD/22/2015/154 |
މަޤާމުގެ ނަންބަރު: |
އެމް. އެސް. 3 |
މަޤާމުގެ ރޭންކް: |
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމުގެ ކްލެސިފިކޭޝަން: |
ދާއިމީ |
މަޤާމުގެ ގިންތި: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ކަމަދޫ މަދަރުސާ، ބ. ކަމަދޫ |
ވަޒީފާ އޮތް އޮފީސް: |
އެޑްމިނިސްޓްރޭޓިވް ސެކްޝަން، ބ. ކަމަދޫ މަދަރުސާ |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
-/7،035 ރުފިޔާ |
މުސާރަ: |
-/2،250 ރުފިޔާ |
ސަރވިސް އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި، ރަށުން ބޭރު ފަރާތެއްނަމަ، ހާރޑްޝިޕް އެލަވަންސާއި، ފުޑް އެލަވަންސް ފަދަ، ސިވިލް ސަރވިސްގެ ޤަވައިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. އަދި އަހަރީ ޗުއްޓީގެގޮތުގައި 30 ދުވަސް ލިބޭނެއެވެ. މީގެ އިތުރުން، ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަަންސް، އެފަދަ މަސައްކަތް ކުރަންޖެހޭ ދުވަސްތަކަަށް ދުވާލަކަށް -/25 ރުފިޔާގެ މަގުން ލިބޭނެއެވެ. |
އެހެނިހެން ޢިނާޔަތްތައް: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ ޝަރުތު: |
* ސަރުކާރުގެ ފައިސާއާބެހޭ އާންމު ޤަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި، ޚަރަދުތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން. * އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެެއް ކުރުން. * ސްކޫލް ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން. * ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން. * ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން. * ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން. * ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން. * ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރިއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން. * ސްކޫލުގެ އެންމެހައި ޢިމާރާތްތައް މަރާމާތުކުރުވުމާއެކު، އެތަންތަން ބެެލެހެއްޓުން. ސްކޫލުގެ އެންމެހައި ޢިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން. * ސްކޫލުގެ ޢިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން. * ސްކޫލަށް އެކިފަރާތްތަކުން ފޮނުވާ ފައިސާއާ ގުޅުންހުރި ސިޓީއާއި މެސެޖުފަދަ ތަކެތި ބަލައިގަނެ، އެންޓްރީކޮށް، އެސްވެރިޔާގެ ލަފާގެމަތިން ޖަވާބުދާރީވެ، ފައިލްކޮށް ބެލެހެއްޓުން. * އޮފީހުގެ އެއްވެސް ލިޔެކިޔުމެއް އިސްވެރިޔާގެ ހުއްދަނެތި އާންމުކުރެވިގެން ނުވާނެއެވެ. * މުސާރައާއި އެހެނިހެން ފައިސާ މުވައްޒަފުންނަށް މަހުންމަހަށް ހަވާލުކުރުން. * ސްކޫލްގެ އެންމެހައި މުވައްޒަފުުންގެ ރަޖިސްޓްރީ ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. * މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި ލިޔުންތައް ބެލެހެއްޓުން. * ސްކޫލުން ރާވައިގެން ހިންގާ އެންމެހައި ހަރަކާތްތަކުގައި އަމިއްލައަށް އިސްނަގައިގެން ޢަމަލީގޮތުން ބައިވެރިވުމާއި، ހަރަކާތްތަކަށް އެހީތެރިވެދިނުމާއި، އެ ހަރަކާތެއްގައި އިދާރީބައިން ދޭންޖެހޭ އެހީތެރިކަން އިންތިޒާމްކުރުމާއި ފޯރުކޮށްދިނުން. * ސްކޫލް ހިންގުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން. * ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދު ހޯދުމާއި، ހަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް ނިންމުމަށް މަސައްކަތްކުރުން. * ސްކޫލުގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެ މުވައްޒަފެއްގެ ހައިސިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް، ސްކޫލްގެ ވެރިންނާއި، އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން. * އެޑްމިން އޮފިސަރ ހާޒިރުނުވާ ދުވަސްތަކުގައި އެ މުވައްޒަފު ކުރަންޖެހޭ ދުވަހު މަސައްކަތްތަކާއި، އެހެނިހެން މަސައްކަތް ރާވައި ހިންގުން. * ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން، ވެރިއަކު ރަސްމީ ކަމެއް ހަވާލުކުރައްވައިފިނަމަ، އެ މަސައްކަތެއް، ވީއެންމެ ފުރިހަމައަަށް ކުރުން. * ސްކޫލުގެ ސިއްރު ހިފެހެއްޓުން. އެއްވެސް ޙާލެއްގައި ދަރިވަރަކާ ނުވަތަ މުވައްޒިފަކާ ނުވަަތަ އޮފީހުގެ އެހެން ކަމަކާ ގުޅޭ ސިއްރެއް ފާޅުކޮށް ހަދައިގެން ނުވާނެއެވެ. * ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތައި، ސިވިލް ސަރވިސްގެ އެންމެހައި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެއެވެ. * ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް އެނގި، އެއާ އެއްގޮތަށް އަމަލުކުރުން. |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
* ލިބިފައިވާ ތަޢުލީމާއި ތަމްރީން. * ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. * މަސައްކަތު ހުނަރާއި ޤާބިލްކަން. * އިންޓަވިއުގައި މާރކްސް ލިބިފައިވާ ބައިތަކާއި މިންވަރު. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެެއް ހޮވުމަށް ބެެލޭނެ ކަންތައް: |
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ ކަމަދޫ މަދަރުސާގައެވެ. - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - އިންޓަވިއު އޮންނާނީ، 2015 ޑިސެންބަރު 29 ވާ އަންގާރަ ދުވަހުގެ މެނދުރުފަހު 13:00 ގައި މި މަދަރުސާގައެވެ. |
އިންޓަވިއު ކުރުން: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު/ސިޓީ (އެޕްލިކޭޝަން ފޯމު، ކަމަދޫ މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް އެނގޭފަދަ ސާފު ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ(ގުޅޭނެ ފޯނު ނަންބަރާއެކު) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ބ. ކަމަދޫ މަދަރުސާއަށެވެ. 2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 23 ވާ ބުދަދުވަހުގެ މެންދުރުފަހު 13:00 އެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. |
އިންޓަވިއު: |
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
ނޯޓް: |
މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ކަމަދޫ މަދަރުސާގެ 6600015 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
3 ރަބީޢުލްއައްޥަލް 1437