ދިވެހިރާއްޖެ
މި މިނިސްޓްރީން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، ރ.ދުވާފަރު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ކުރެވުނު ނަންބަރު IUL)138-PIS2/138/2015/76) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ އީމެއިލަށް މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން މަޢުލޫމަތު ފޯރުކޮށްދެވޭނެކަމުގައި ދަންނަވަމެވެ.
ބިޑް ހުށަހެޅުމަށް 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004110 ފެކްސް:3004301
އީ-މެއިލް: [email protected]