ދިވެހިރާއްޖެ
ބޭރު ފައިސާގެ މުޢާމަލާތް މިކޯޕަރޭޝަނާއެކު ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ކައިރި މުސްތަޤްބަލެއްގައި ފޮރިން އިންވެސްޓްމަންޓް މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވުމާއެކު، އެމަޝްރޫޢުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާފައިވާ ރޭޓްތަކަށް ބޭރުފައިސާގެ މުޢާމަލާތް މިކޯޕަރޭޝަނާއެކު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑްއޮފީސް |
އަންގާރަ |
22 ޑިސެންބަރު 2015 އަށް |
14:00 ގައި |
އީ.އޯ.އައި ހުށަހެޅުން |
ޓީސީއެލް ހެޑްއޮފީސް |
އާދީއްތަ |
27 ޑިސެންބަރު 2015 |
14:00 ގައި |
ވީމާ، މިކޯޕަރޭޝަނާއެކު ބޭރުފައިސާގެ މުޢާމަލާތް ކުރުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް މިކަމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ. މި ފުރުޞަތު ހުޅުވާލެވިފައިވަނީ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ރާއްޖޭގައި ބޭރުފައިސާގެ މުޢާމަލާތް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހަޅުއްވާ ސިޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
ހ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޕްރޮފައިލާއި ތަޖުރިބާ
ށ. ޚިދުމަތް ދިނުމަށް ހުށަހަޅާގޮތުގެ ކޮންސެޕްޓް
“EOI FOR FOREIGN CURRENCY EXCHANGETRANSACTION”
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
އަމީނީމަގު، މައްޗަންގޮޅި ، މާލެ، 20375
ފޯން: 3307513 ، 3307515 ފެކްސް: 3307514
އީ.މެއިލް: [email protected]