މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-438368

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1     

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް، އެޑްމިނިސްޓްރޭޓިވް ސެކްޝަން، ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

9,845.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

4,595.00 ރުފިޔާ

ހާޒިރީ އިނާޔަތް:

125.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އީ-ގަވަރމަންޓް އާ ގުޅޭ މަސައްކަތް

-          އީ-ގަވަރމަންޓް މެދުވެރިކޮށް މި މިނިސްޓްރީއަށް އަންނަ ސިޓީތައް ސެކްޝަންތަކަށް ރޫޓް ކުރުން

-          އީމެއިން އަދި ހާޑް ކޮޕީގެ ގޮތުގައި ލިބީ ސިޓީތައް އީ-ގަވަރމަންޓް ސިސްޓަމަށް އަޅާ ރޫޓް ކުރުން

-          އީ.ގަވަރމަންޓް އިން އަންނަ ސިޓީތަކުގެ ރިޕޯޓް ނެގުން

-          އީ-ގަވަމަންޓް އިން ފޮނުވާ ސިޓީތަކުގެ ތެރެއިން ސެކްޝަނާ ގުޅުން ހުރި ސިޓީތައް ޕްރިންޓްކޮށް ސެކްޝަންގެ ވެރިއަކާ ޙަވާލުކުރުން.

      

2. ކޭސް މެނޭޖަރ އާ ގުޅޭ މަސައްކަތްތައް

-          ކޭސް މެނޭޖަރ އެކައުންޓް ހުޅުވަން HR އިން ފޯމް ޙަވާލުކުރުމުން 2 ދުވަސް ތެރޭގައި އެކައުންޓް ހުޅުވައިދިނުން.

-          މިނިސްޓްރީގެ ޖެމްސް މެދުވެރިކޮށް އަންނަ ސިޓީތަކާއި އެހެނިހެން ގޮތްގޮތުން މިނިސްޓްރީއަށް ލިބޭ ސިޓީތައް/ ޑޮކިއުމަންޓްތައް ކޭސް މެނޭޖަރ އަށް އެޅުމާއި ކަމާ ގުޅޭ ޑިވިޜަން / ސެކްޝަންތަކަށް ކޭސް މެނޭޖަރއިން ފޮނުވުން.

-          ކޭސް މެނޭޖަރ އިން ރޫޓްކުރެވޭ ސިޓީތަކުގެ ޕްލޯއަޕް ހެދުމާއި ރިޖެކްޓްކޮށްފައިވަ ކޭސްތައް ފޮނުވަންޖެހޭ ޑިވިޜަން/ސެކްޝަން ތަކަށް ޕޯވަރޑް ކުރުން.

-          ޑިވިޜަން / ސެކްޝަންތަކުން ކޭސް މެނޭޖަރ އިން ފޮނުވާ ސިޓީތައް ޗާންސެލަރީއަށް ބަލައިގަތުމާއި ސިޓީތައް ފައިލްކުރުން.

-          މިނިސްޓްރީއަށް އަންނަ އާރޖަންޓް ސިޓީތަކާއި ލިޔެކިޔުންތައް ފޮނުވަންޖެހޭ ޑިޕާޓްމަންޓަތަކަށް ޖެމްސްއާއި ކޭސް މެނޭޖަރއިން ފޮނުވުން/ ސިއްރު ލިޔެކިޔުންތައް އެޑްމިން ސެކްޝަންއަށް އެންގުމަށް

      

3. ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓްގެ މަސައްކަތްތައް ކުރުން

-          ބައްދަލުވުންތަކަށް މީހުން ހަމަޖެއްސުމުގައި އެހީތެރިވުން.

-          ކޮމިޓީތަކަށް މީހުން ހަމަޖެއްސުމާއި ދަފްތަރު ބެލެހެއްޓުމަށް އެހީތެރިވުން.

-          އެކި އެކި ކަންކަމާ ގުޅިގެން ސެކްޝަނަށް އަންނަ ސިޓީތަކަށް ވެރިއެއްގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް އެހީތެރިވުން.

-          ސިޓީތަކުގެ ފޮލޯއަޕް ހެދުން.

      

4. މިނިސްޓްރީގެ އަހަރީ ރިފޯޓް ތައްޔާރުކޮށް ފޮނުވުން

-          ސެކްޝަންތަކުން ފޮނުވާ އަހަރީ ރިޕޯރޓް ކޮމްޕައިލްކޮށް ފޯމެޓަށް ތައްޔާރުކުރުން.

-          ކޮންމެ އަހަރެއް ނިމުމުން ކަނޑައެޅޭ ސުންގަޑި ހަމަވުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ އޮފީސްތަކަށް ފޮނުވުން.

 

5. އީގަވަމަންޓްގެ އެޑްމިނިސްޓަރގެ ރޯލް އަދާކުރުން

-          ޖެމްސް އެކައުންޓް ހުޅުވަން މުވައްޒަފު ފޯމް ޙަވާލުކުރުމުން 2 ދުވަސް ތެރޭގައި އެކައުންޓް ހުޅުވައިދިނުން.

-          ޖެމްސް އެކައުންޓް ލޮކް ވުމުން ރީސެޓް ކުރަން ފޮނުވުމުން ރީސެޓްކޮށް ދިނުން.

-          މިނިސްޓްރީގެ ސްޓްރަކްޗަރއަށް ގެނޭ ބަދަލުތައް ޖެމްސްއަށް އަޅައި ޖެމްސްއިން ސެކްޝަން އަދި މުވައްޒަފުން ބަދަލުކުރުން.

-          ޖެމްސް އެކައުންޓްސް ޑީއެކްޓިވޭޓް ކުރަން ޖެހޭ ފަރާތްތަކުގެ އެކައުންޓްސް ޑީއެކްޓިވޭޓް ކުރުން.

      

6. މިނިސްޓްރީގެ ފަރާތުން ގެޒެޓަށް ލިޔެކިއުން އަޕްލޯޑް ކުރުން.

-          ސެކްޝަން ތަކުން ފޮނުވާ އިއުލާން ފަދަ ލިޔުންތައް ގެޒެޓަށް އަޕްލޯޑް ކުރުން.

-          ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް އެ ޑިޕާޓްމަންޓްގެ އިސް ވެރިޔާގެ އެދުމުގެ މަތިން ގެޒެޓް ރޯލް ކްރިއޭޓް ކުރުމަށް ރައީސް އޮފީހަށް އީމެއިލް ކުރުން

      

7. މިނިސްޓްރީގެ ސްޓޮކާއިބެހޭ މަސައްކަތްތައް:

-          މިނިސްޓްރީގެ ސްޓޮކާއިބެހޭ ހުރިހާ މަސައްކަތްތައް ކުރުން.

-          މުވައްޒަފުންނަށް ސޮޓްކުގެ ތަކެތި ދޫކުރުން

-          ސްޓޮކުން ހުސްވާ ތަކެތި ގެނައުމަށް ޕްރޮކިއުމަންޓް ސެކްޝަނަށް ފޯމުން އެންގުން

-          ސްޓޮގެ އިންވެންޓްރީ އެސް.އޭ.ޕީ މެދުވެރިކޮށް ބެލެހެއްޓުން

 

8. އެހެނިހެން

-          މ މިނިސްޓްރީގެ ރިސެޕްޝަނަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އީފާ.ސް އެކައުންޓް ކްރިއޭޓްކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން

-          މީގެ އިތުރުންވެސް މިނިސްޓްރީގެ މަސައްކަތްކާއި ގުޅިގެން މިނިސްޓްރީގެ ރިސެޕްޝަންގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުން

-          މިނިސްޓްރީއަށް ލިބޭ ޖޮބް އެޕްލިކޭޝަންތައް ބަލައިގަތުން

-          ކޭސް މެނޭޖަރ އިން ސެކްޝަނަށް ފޮނުވާ ސިޓީތަކަށް ރިޕްލައި ކުރުމާއި ސިޓީތައް ފައިލްކުރުން.

-          ކޮންމެ އާދީއްތަ ދުވަހެއްގެ 09:00 ގައި ބާއްވާ  އެޗް.އޯ.ޑީ މިޓީންގ ހަމަޖައްސާ ބައިވެރިންނަށް އެންގުން.

މީޓީންގެ ޔައުމިއްޔާ ލިޔެ ބައިވެރިންނަށް ފޮނުވުން.

-          މެއިންޓަނަންސް އާއި ބެހޭ މަސައްކަތްތައް، ހަމަޖެހިފައި އޮންނަ އުސޫލާއި ގަވާއިދާ އެއް ގޮތަށް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުވުން އަދި ކުރުން.

-          ދިމާވާ ކުއްލި މަސައްކަތުގައާއި، އެހެނިހެން މަސައްކަތުގައި އޮފީހުގެ ވެރިން އަންގާ ގޮތަކަށް އެކަމެއް ކޮށް ނިންމުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

  1. އެޑްމިނިސްޓްރޭޝަން 
  2. ބިޒްނަސް 
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  4. ބިޒްނަސް މެނޭޖްމަންޓް 
  5. މެނޭޖްމަންޓް 
  6. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  8. ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އެޕްރީލް 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ 06 އެޕްރީލް 2026 އާއި 23 އެޕްރީލް 2026 އާ ދެމެދު، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

30 ރަމަޟާން 1447
19 މާރިޗު 2026
ހޯދާ