އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ ވަގުތު އިތުރުކުރުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

(IUL)38-DC/38/2026/156:ނަންބަރު

އިޢުލާން

ލޯކަލްކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ

ޢާންމު ވޯޓު 2026

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ ވަގުތު އިތުރުކުރުން

މިކޮމިޝަނުގެ ނަންބަރު (IUL)38-DC/38/2026/147 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި 2026 މާރިޗު 18 ވީ ބުދަ ދުވަހުގެ ރޭނގަޑު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު (2026/2) ގައިވާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަށް ބާއްވާ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން މެދުކަނޑާލަން ޖެހުމާއި ގުޅިގެން، ސޮއިކުރުމަށް އިތުރު ދުވަހެއްގެ ގޮތުގައި 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 01:00 ގެ ނިޔަލަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

19 މާރިޗު 2026
ހޯދާ