ދިވެހިރާއްޖެ
މިރަށު ބަނދަރު ދެކުނު ވާޓަރުން ފެށިގެން ދެކުނަށް ހުރި ބިމުގައި، ފިއުލް ސްކިޑެއް ޤާއިމް ކުރުމަށް، މި ކައުންސިލްގެ 4 ވަނަ ދައުރުގެ 191 ވަނަ ޖަލްސާއިން ވަނީ ފާސްކޮށް އަދި މި ބިން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް، މިހާރުވަނީ މިއިދާރާއާއި އެފަރާތާއި ދެމެދު އެގްރިމަންޓްގައި ސޮއި ކުރެވިފައެވެ.
ވީމާ، މިދެންނެވި، ބިންހުސްކޮށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕުރައިވެޓް ލިމިޓެޑަށް ހަވާލުކޮށް، މިއޭރިއާ ސާފްކުރުމަށްޓަކައި، މިއިޢުލާނާއިއެކުގައިވާ ޗާރޓްގައި ފާހަގަކޮށްފައިވާ ސަރަހައްދުގައިވާ ޢާންމު އެކިފަރާތްތަކުގެ ތަކެތި، 04 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހުގެ ކުރިން، ނަންގަވައި ދެއްވުން އެދެމެވެ.
މިދެންނެވި ތާރީޙްގެ ކުރިން، މިތަކެތި ނުނަގާ ހުރެއްޖެނަމަ މިއިދާރާއިން އެ ތަކެތި ނަގާނެ ކަމުގައި ދަންނަވަމެވެ. މިތަކެތި ނެގުމަށްފަހު، ދެން އޭގެ ވެރިފަރާތާއި ޙަވާލުކުރެވޭނީ، މިތަކެތި ނެގުމަށް މިއިދާރާއިންކޮށްފައިވާ ޚަރަދު އަނބުރާ ދެއްކުމުންނެވެ. އަދި ތަކެތި ނެގުމުގެ ތެެރެއިން އެތަކެއްޗަށް ލިބޭއެއްވެސް ގެއްލުމަކަށް، މިއިދާރާއިން ޒިންމާނުވާނެކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
