ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 21 އިން 25 އޭޕްރިލް 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ-އޮފީސް 3x3 ޗެމްޕިއަންޝިޕް 2026ގެ، ފިރިހެން 1 ވަނަ ޑިވިޝަން، ފިރިހެން 2 ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނި ތަކުން 12 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ މިއެސޯސިއޭޝަން އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކޮންމެ އޮފީސް/ކުންފުނި އަކަށްވެސް ކެޓަގަރީއެއް އެއްގައި ބައިވެރިކުރެވޭނީ 1 ޓީމްއެވެ. އަދި ޓީމްތައް މުބާރާތުގައި ރެޖިސްޓަރ ކުރުމުގެ ފީ ތިރީގައި ދެންނެވިފައި އެވަނީއެވެ.
- ފިރިހެން 1 ވަނަ ޑިވިޝަން – 2،000ރ
- ފިރިހެން 2 ވަނަ ޑިވިޝަން 1،500ރ
- އަންހެން ޑިވިޝަން - 2،000ރ
މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮފީސް/ކުންފުނި ތަކުން ރެޖިސްޓްރޭޝަން ފޯމް އީމެއިލް ކޮށްދެއްވާނީ މި އެސޯސިއޭޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ. އަދި މުބާރާތުގައި ބައިވެރިވުމުން، ފައިސާ ދައްކާނެގޮތުގެ މަޢުލޫމާތާއި ޓީމް ލިސްޓް ފޯމް ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާއި އެކު މުބާރާތުގެ ޤަވާއިދު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
