ދިވެހިރާއްޖެ
ހަންޏާމީދޫ ކައުންސިލް އިދާރައިގެ ނަންބަރު: IUL)347/347/2015/57) އިޢުލާނުގައި ބައެއް މަޢުލޫމާތުތައް ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ހަންޏާމީދޫ ކައުންސިލް އިދާރާގައި ބޭނުންކުރަމުންގެންދާ ޕިކަޕްގެ އިންޖީނަށް ދިމާވެފައިވާ މައްސަލަ ބަލައި އެމައްސަލަތައް އަމިއްލަ ތަކެތީގައި ޙައްލުކޮށްދޭނެ ފަރާތްތަކުން 17 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 11:30 ގައި މިއިދާރާއިން މަޢުލޫމާތު ސާފުކުރުމަށްފަހު 20 ޑިސެންބަރު 2015 (އާދީއްތަ) ދުވަހުގެ 11:30 ގައި އަންދާސީހިސާބު، (މިއިދާރާއިން ދޫކުރާ ފޯމު ފުރުއްވުމަށްފަހު) ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށަހެޅުއްވުން އެދެމެވެ.
ޕިކަޕުގެ އިންޖީނާބެހޭ މަޢުލޫމާތު ތިރީގައިމިވަނީ:
އެތެރެކުރި ފަރާތުގެ:
(1) އެއްގަމު އުޅަނދު:
އެތެރެކުރި ބާވަތާއި ވައްތަރު: TRUCK KIA K 2700 |
||
އަދަދު: OF 9 ފ1 |
ޗެސިސް ނަންބަރު: KNCSHX71LB7560834 |
އުފެއްދި ޤައުމު: SOUTH KOREA |
މޮޑެލް ނަންބަރު: K2 700 |
އިންޖީނު ކެޕޭސިޓީ: 2665CC |
އުފެއްދި އަހަރު: 2011 |
އިންޖީނުގެ ނަންބަރު: J2573366 |
އުފުލޭ ބަރުދަން: 1565KGS |
އުފުލޭ މީހުންގެ އަދަދު: 3 |