ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ:
2016 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ ނަންބަރު GS121/IUL/2015/18 ގެ އިއުލާނަށް އެކަށީގެންވާ އަދަދަކަށް ޝައުޤުވެރިކަން ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާޠިލްކޮށް، އަލުން އިއުލާންކުރެވިފައިވާ ވާހަކަ ދަންނަވަަމެވެ.
ވީމާ، ގެ ކުއްޔަށް ދޭން ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 21 ވާ ހޯމަ ދުވަހުގެ 10:30 ގައި މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، 2015 ޑިސެންބަރު 27 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މި ސްކޫލަށް ހާޒިރުވެ، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
މި އިޢުލާނާއެކު، "ސްކޫލްތަކުގެ އިސްވެރިންނާއި ވޮލަންޓިއަރުން ތިބުމަށް ގެ ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ޕޮއިންޓްދެވޭ އުޞޫލް" އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ސްކޫލުގެ 6580361 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޞަފަރު 1437