ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2027 – 2026 ވަނަ އަހަރަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިޚާބްކުރާ ޑިރެކްޓަރކަމަށް، އަހަރީ އާންމު ޖަލްސާއަށް ނަން ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު

2027 – 2026 ވަނަ އަހަރަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ 1 މެންބަރު ހޮވުމަށް، ނަން ހުށަހެޅުމަށް ނޯޓިސް ދީފައިވަނީ 29 ޖެނުއަރީ 2026 ގައެވެ. އަދި މި ފުރުޞަތު ހަމަވެފައިވަނީ 25 ފެބްރުއަރީ 2026 އަށެވެ.

2027- 2026 ވަނަ އަހަރަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 2 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. މި މަޤާމަށް ނަން ހުށަހެޅުއްވި ފަރާތްތަކުން ހުށަހެޅުއްވި ޑޮކިއުމަންޓްތައް، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ރިވިއުކޮށް، އެ ކޮމިޓީން ހުށަހެޅުއްވި ރެކޮމެންޑޭޝަންއާއި އެއްގޮތަށް، އަހަރީ އާންމު ޖަލްސާގައި އިންތިޚާބްކުރުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ 2 ފަރާތުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.      

ކެނޑިޑޭޓް ނަންބަރު 1 – އަލްފާޟިލް މުޙައްމަދު އަޙްސަން ސަލީމް، މއ. ޓިޔުލިޕްވިލާ / ކ.މާލެ

އަލްފާޟިލް މުޙައްމަދު އަޙްސަން ސަލީމަކީ އާންމު ހިއްސާދާރުން ތަމްސީލުކުރެއްވުމަށް މިވަގުތުވެސް ކުންފުނީގެ ބޯޑަށް އިންތިޙާބުކުރެވިފައިވާ ޑިރެކްޓަރއެކެވެ. މީގެ އިތުރުން, މިވަގުތު އޭނާ ހުންނެވީ ޓްރީޓޮޕް ހޮސްޕިޓަލްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމްގައެވެ. މީގެ ކުރިން އަޙްސަންވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ މަގާމްވެސް އަދާކުރައްވާފައެވެ. އޭނާވަނީ ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ދާއިރާއިން އެކިއެކި މަގާމްތައްވެސް އަދާކުރައްވާފައެވެ. އެގޮތުން، ކޮންރެޑް ރަންގަލި، ހިލްޓަން ސީޝެލްސް، ލަ ރޯޝް ސްވިޓްޒަލޭންޑް އަދި ކޮލެޖް ޑޫ ލިމަން ސްވިޓްޒަލޭންޑްގެ އިތުރުން، ރާއްޖޭގެ ގެސްޓް ހައުސް އަދި ޑައިވިންގް ދާއިރާގައިވެސް ވަޒީފާ އަދާކުރައްވާފައެވެ. މިއާއެކު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ އާއި މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުގައިވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.

މުޙައްމަދު އަޙްސަން ސަލީމް ވަނީ ސިންގަޕޫރުގެ ސަދަރން ކްރޮސް ޔުނިވަރސިޓީން މާސްޓަރ އޮފް އިންޓަރނޭޝަނަލް ޓުއަރިޒަމް އެންޑް ހޮޓަލް މެނޭޖަމަންޓް ހާސިލްކުރައްވާފައެވެ.  މީގެ އިތުރުން އޭނާވަނީ އޮސްޓްރޭލިޔާގެ ބްލޫ މައުންޓެއިން އިންޓަނޭޝަނަލް ހޮޓެލް މެނޭޖްމަންޓް ސްކޫލްއިން ބެޗެލަރސް އޮފް ބިޒްނަސް އިން އިންޓަރނޭޝަނަލް ހޮޓަލް އެންޑް ރިސޯޓް މެނޭޖްމަންޓް ނިންމަވާފައެވެ. އަދި ސުވިޓްޒަލޭންޑްގެ ލެސް ރޯޗަސް ހޮޓަލް މެނޭޖްމަންޓް ސްކޫލުން ޑިޕްލޮމާ އިން ހޮޓަލް މެނޭޖްމަންޓް ހާސިލްކުރައްވާފައެވެ. ހަމައެހެންމެ، ކޯޕަރޭޓް ޑިރެކްޓަރސް އިންޓަރނޭޝަނަލްއިން އަޙްސަންވަނީ ބޯޑް ސެޓިފިކޭޝަން އިމްތިހާން ފުރިހަމަކުރައްވާފައެވެ. އަދި މީގެ އިތުރުން، އޭނާވަނީ  ޔުނިވަރސިޓީ އޮފް ކޭމްބްރިޖްގެ ބިސްނަސް ސަސްޓެއިނަބިލިޓީ މެނޭޖްމްންޓް ކޯސް ފުރިހަމަކުރެއްވުމުގެ އިތުރުން، ސިންގަޕޫރުގެ ސެލެޓަރ ފްލައިން ކްލަބުން، ޕްރައިވެޓް ޕައިލެޓް ލައިސަންސްވެސް ހާސިލްކުރައްވާފައެވެ.

އަލްފާޟިލް މުޙައްމަދު އަޙްސަން ސަލީމަކީ ކުންފުނީގެ 200 ހިއްސާގެ ވެރިފަރާތެވެ.

ކެނޑިޑޭޓް ނަންބަރު 2 – އަލްފާޟިލް ޢަބްދުﷲ ޔާސިރު، ފިނިމަންޒިލް / ސ.ފޭދޫ

ޢަބްދުﷲ ޔާސިރަކީ ވިޔަފާރި، އިންވެސްޓްމަންޓް، ކެޕިޓަލް މާކެޓް އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ފުންނާބުއުސް ބޭފުޅެކެވެ.

މިހާރު އޭނާއަކީ ސުޕަރސަޕްލައި ޕްރައިވެޓް ލިމިޓެޑް އަދި ވޯޓަރމާކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރެވެ. މީގެ އިތުރުން، އޭނާއަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ލައިސަންސް ލިބިގެން އުފެދުނު ބްރޯކަރޭޖް ފާމް ކަމަށްވާ 'ސްޓޮކް ބްރޯކާސް މޯލްޑިވްސް' އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، އެ ތަން ހިންގެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޔާސިރު ވަނީ ސިމްޑީ (SIMDI) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމް ފުރުއްވުމުގެ އިތުރުން، ވަން އެންޑް އޮންލީ ކަނުހުރާ ރިސޯޓްގެ  ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކާއި، ކުންފުނިތައް އަލުން ބައްޓަންކުރުމާއި، މާލީ ކަންކަން ބެލެހެއްޓުމުގައި އޭނާއަކީ ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން، މިހާރު އޭނާ ހުންނެވީ އެންޓްރަޕްރިނިއާސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސްގެ މަގާމުގައެވެ.

ޢަބްދުﷲ ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލަރސް (އޮނަރސް) ޑިގްރީ ހާސިލްކުރައްވާފައެވެ.

އަލްފާޟިލް އަބްދުﷲ ޔާސިރަކީ ކުންފުނީގެ 101 ހިއްސާގެ ވެރިފަރާތެވެ.

14 މާރިޗު 2026
ހޯދާ