މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ(ސިވިލް އެންޑް ޕްރޮޖެޓްސް) - ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

  ޖޫނިއަރ އޮފިސަރ     

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ސިވިލް އެންޑް ޕްރޮޖެކްޓްސް ޑިޕަރޓްމެންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

 3,100.00 ރުފިޔާ-

 ސާރވިސް އެލަވަންސް: 1,860.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)-

މިނިމަމް ވޭޖް އެލަވަންސް:3,441.00  ރުފިޔާ (ބޭސިކް މުސާރައިގެ 1)-

އިތުރު ޢިނާޔަތްތައް:

 އަދި އިތުރު ގަޑީގައި ނުވަތަ ބަންދުދުވަހެއްގައި މަސައްކަތް ކޮއްފިނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް ނިންމައިފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާގައި އުޅެ- 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުން.

 މައިކްރޯ ސޮފްޓް ވާރޑް އެންޑް އެކްސެލް ގައި މަސައްކަތްކުރަން އެގުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

 އޯޑަރާއި އަޕްޑޭޓްތަކުގެ ރެކޯޑުތަށް ދެމެހެށްޓުން.

ސިވިލް އެންޑް ޕްރޮޖެކްޓްސް ޑިޕަރޓްމެންޓްގެ އެޑްމިނިސްޓްރޭޓިވް ޑިއުޓީތަށް އަދާކުރުން

 ޑިޕަރޓްމެންޓް ސްޓާފްގެ ޙާޒިރީ ބެލެހެއްޓުން.

މުވައްޒަފުންގެ އޯވަރޓައިމް އާއި ޗުއްޓީގެ ޕްރީ-އެޕްރޫވަލް ހަދައިދިނުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

 ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 މާރޗް 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

-       ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

12 މާރިޗު 2026
ހޯދާ