ދިވެހިރާއްޖެ
މި ކުންފުނީގެ އެކި ސައިޓްތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކް ވިސާ އާ ގުޅިގެން ހަދަންޖެހޭ މެޑިކަލް އެގްޒެމިނޭޝަން ނުވަތަ ހެލްތް ސްކްރީނިންގް ޚިދުމަތްތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ސިއްހީ ޚިދުމަތްދޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
|
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|
|
ބިޑްހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
17 މާރޗް 2026 |
މެންދުރުފަހު 12:00ގެ ކުރިން |
|
މައުލޫމާތު ކަރުދާސް |
އެޓޭޗްކުރެވިފައި |
||
|
އަންދާސީ ހިސާބު ހުށަހެޅުން އެންމެ ފަހުގެ ތާރީޚް: |
އީމެއިލް މެދުވެރިކޮށް |
17 މާރޗް 2026 |
މެންދުރުފަހު 12:00ގެކުރިން |
|
ބީލަން ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
17 މާރޗް 2026 |
މެންދުރު 13:00ގައި |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ކުންފުނި ރެޖިސްޓްރޭޝަން ނަމްބަރު / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަމްބަރު
- ނަމާއި ފޯނު ނަންބަރު
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
