ދިވެހިރާއްޖެ
10 ފެބްރުއަރީ 2026 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2026 ވަނަ އަހަރުގެ 2 ވަނަ ޖަލްސާގައި މިއެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ 25 މާރިޗު 2026 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ފާސްކުރެވިފައެވެ.
އެސޯސިއޭޓް މެމްބަރުން (ކްލަބް ޖަމިއްޔާ) ތަކުގެ ތެރެއިން، 5 ނޮވެމްބަރ 2025 ގައި ފާސްކޮށްފައިވާ މިއެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޝަރުތު ހަމަވާނެ އެސޯސިއޭޓް މެމްބަރުން (ކްލަބް ޖަމިއްޔާ) ނެތުމުން މިއެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ފުރުޞަތު މި އެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ އެސޯސިއޭޓް މެމްބަރުން (ކްލަބް ޖަމިއްޔާ) ތަކުގެ ތެރެއިން 15 މާރިޗު 2026 ވަނަ ދުވަހުގެ ނިޔަލަށް، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވާ މެމްބަރުންނަށް ދިނުމަށް ވަނީ ނިންމަވާފައެވެ.
ވީމާ، މިއެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ އެސޯސިއޭޓް މެމްބަރުން (ކްލަބް ޖަމިއްޔާ) މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު 19 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12ގެ ކުރިން އެސޯސިއޭޝަނަށް ހުށައެޅުއްވުން އެދެމެވެ.
އަހަރީ ޢާއްމު ޖަލްސާގައި ބައިވެރި ވުމަށް އެދި ހުށައަޅާ ފޯރމް :
- ޑައުންލޯޑް ކުރުމަށް AGM – Registration From 2026
https://drive.google.com/file/d/1OriL-TxS9COTujzJjyN65IMZcSCHM6vK/view?usp=sharing
( އީމެއިލް ކުރައްވާނީ [email protected] )
